ރާއްޖޭގެ ދުސްތޫރީ ނިޒާމާއި، މުޅި އަޚުލާޤީ ނިޒާމު ރޫޅާލާފައިވާ ކަމަށާއި، ގައުމު ސަލާމަތްކުރުމަށްޓަކައި ރައީސް މުޙައްމަދު މުޢިއްޒު ފަހަތަށް ޖައްސަން ޖެހިފައިވާ ކަމަށް، އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ވިދާޅުވީ އެމްޑީޕީން ރޭ ބޭއްވި އެމްޑީޕީގެ ކަންމަތީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރުން މިހާރު އެގެންދަނީ ރައްޔިތުންގެ މެދުގައި ތަފާތުކުރަމުން ކަމަށާއި، ޤާނޫނުއަސާސީގައިވާ ދިރިއުޅުމުގެ ޙައްޤާއި، އެއްވެ އުޅުމުގެ ޙައްޤު އަދި ރައްޔިތުންގެ ބާރަށް ސަރުކާރުން އަރައިގަންނަމުންދާ ކަމަށެވެ. އޭގެ އިތުރުން ޚިޔާލުފާޅުކުރުމުގެ ޙައްޤަށް އަރައިގަނެ، ގޯތިގެދޮރުގެ ހުރުމަތްތެރިކަން ނަގައިލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ތިމާވެށި، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ރައްކާތެރިކޮށްދިނުމުގެ ޤާނޫނުއަސާސީގައިވާ ޒިންމާ މި ސަރުކާރުން ވަނީ މުގުރާލާފައެވެ. ދައުލަތުގެ ތިން ބާރު ރޫޅާލައި، މިނިވަން މުއައްސަސާތަކަށް ރައީސް މުޢިއްޒު އައްޔަންކުރާ މީހުން ލައްވާފައިވާ ކަމަށް ވެސް ވައްޑެ ވިދާޅުވިއެެވެ. މިކަމުގެ ސަބަބުން މުޅި ދުސްތޫރީ ނިޒާމާއި އަޚުލާޤީ ނިޒާމު ރޫޅާލަމުންދާ ކަމަށާއި، މި ހުރިހާ ކަމަކަށް ހުއްޓުމެއް ގެނެސް، ރައީސް މުޢިއްޒު ފަހަތަށް ޖެއްސުމަށް ރައްޔިތުން ގުޅިގެން މަސައްކަތްކުރަން ޖެހޭނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.
ގައުމުގެ އިޤްތިޞާދީ ހާލަތަށް އަލިއަޅުވާލައްވަމުން ވައްޑެ ވިދާޅުވީ، ރާއްޖޭގެ ދަރަނި 150 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި، މި ދަރަންޏާ ހަވާލުވާން ޖެހޭނީ މިހާރު ތިއްބެވި ޒުވާނުންނާއި، ކުރިއަށް އަންނަން އޮތް ޖީލުތަކުން ކަމަށެވެ. އެއީ އެއްވެސް ބަޔަކު މާފުނުކޮށްދޭނެ ދަރަންޏެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފައިސާ ޗާޕުކުރުމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން ވައްޑެ ވިދާޅުވީ، ކުރިން ގުދުރަތީ ކާރިސާއެއް ފަދަ ބޮޑު ކަމެއް ދިމާވެއްޖެއްޔާ، ރައްޔިތުންގެ މަޖިލީހުގެ ފާސްކުރުމާއެކު ފައިސާ ޗާޕުކުރާ ކަމަށެވެ. ނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހަށް ނުގޮސް، ޕެންޝަން އޮފީހުން ބޭނުންވެގެންނޭ ކިޔާފައި 2.5 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށް ވައްޑެ ވަނީ ތުހުމަތުކުރައްވާފައެވެ.
މީގެ އިތުރުން ވައްޑެ ވަނީ މި ސަރުކާރުން ހިންގުމުގެ ޑިމޮކްރެޓިކް ހުރިހާ ހަމައެއް ރޫޅާލައި، ރާއްޖެ އަލުން އަނބުރާ ހިލައިގެ ޒަމާނަށް ގެންދާ ކަމަށް ސިފަކުރައްވާފައެވެ. އެހެންކަމުން، ރައްޔިތުން އެއްބައިވެ، ރައީސް މުޢިއްޒު ފަހަތަށް ޖައްސައި ރަނގަޅު ހެޔޮ ވެރިކަމެއް އަލުން އުފެއްދުމަށް އަންނަ ނޮވެންބަރު 17 ވާ ދުވަހު މާލޭގެ މަގުތައް ރައްޔިތުން ނިކުމެ ފުރާލުމަށް ވައްޑެ ވަނީ ގޮވާލައްވާފައެވެ.
"މި ދޮގުވެރިޔާ، މި މުނާފިޤު މީހާ، މި މަކަރުވެރި މީހާ، މި ޚިޔާނާތްތެރި މީހާ ސައިޒުކުރަން ތިރިކުރަން އެންމެން ނުކުންނަވާށޭ" ވައްޑެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު