އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މާރިޗު 28 ވަނަ ދުވަހު ބާއްވަން ނިންމައިފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބު މާރިޗު މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި މި އިންތިޚާބަށް ކުރިމަތިލުމަށް ކެންޑިޑޭސީ ހުށައެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ. ޒާހިދު ވިދާޅުވީ މި ދެ ތާރީޚަށް ފެތޭގޮތަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދެވޭތޯ ކޮމިޝަނުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
މި އިންތިޚާބު ބާއްވާނީ ރާއްޖޭގެ ރަށްތަކާއި ސިޓީތަކަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުން އިންތިޚާބު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު