އައްޑޫސިޓީގެ ރަށްތަކުގައި ވަކިވަކި ކައުންސިލްތައް އުފެއްދުމުގެ މައްސަލާގައި ސަރުކާރުގެ ސްޓޭންޑެއް ނެތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާތީ ދަޢުލަތުގެ ކުރީގެ ބަންޑާރަނާއިބު ފާތިމަތު ދިޔާނާ ސަޢީދު ކަންބޮޑުވުން ފާޅު ކުރަށްވައިފިއެވެ.
އެގޮތުން ދިޔާނާ ވިދާޅުވީ އައްޑޫސިޓީ އަކީ ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ސަރަޙައްދު ކަމަށެވެ. އަދި އެސަރަޙައްދުގެ މުސްތަޤްބަލް ކަނޑައަޅަން ނަގާ ވޯޓެއްގައި ސަރުކާރުގެ ސްޓޭންޑެއް ނެތުމަކީ ބިރުވެރި، ދެރަވަރު އަދި ހިތްދަތި ކަމެއް ކަމަށް ދިޔާނާ ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ދިޔާނާވަނީ ރާއްޖެ މިއޮތީ އަމާޒެއްނެތި އޮޔާދާން ދޫކޮށްލާފައިތޯވެސް ސުވާލު ކުރަށްވާފައެވެ.
"ފަހެ ރާއްޖެ މިއޮތީ ސަރުކާރުގެ ތަސައްވުރެއް އަމާޒެއްނެތި އޮޔާދާނެ ދިމާލަކަށް ދާން ދޫކޮށްފައިތޯ؟" ދިޔާނާ ސުވާލު އުފައްދަވާފައިވެއެވެ.
ދިޔާނާ މިހެން ވިދާޅުވެފައިވާއިރު، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ ވޯޓު މިމަހުގެ 25 ވަނަ ދުވަހު ނެގުމަށްވަނީ ހަމަޖެހިފައެވެ. އަދި އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ ބެލުމަށް ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި ސަރުކާރުގެ "ވަކި ސްޓޭންޑެއް ނެތް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.
މިވޯޓުގައި ސަރުކާރުގެ ސްޓޭންޑެއް ނެތްކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވި ނަމަވެސް ދަޢުލަތުގެ ބައެއް ވަޒީރުން ގެންދަވަނީ އައްޑޫ ސިޓީ ކައުންސިލުން ފޭދޫ ވަކިވުމަށް ތާޢީދު ހޯއްދެވުމަށް އެ އަވަށުގައި ކެމްޕޭން ކުރަށްވަމުންނެވެ.
މިވޯޓާއި ގުޅިގެން އީސީގެ ރައީސް ޒާހިދު ވިދާޅުވީ، އެވޯޓުގައި 9،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށާއި، މި އިންތިޚާބުގައި ބައިވެރިވެވޭނީ ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ.
އަދި އެވޯޓުގައި ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާ ދެ ސުވާލެއް ކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އައްޑު އަތޮޅު ހުޅުދުއަށް ހާއްސަ ކުރެވިގެން ހުޅުދޫ ކައުންސިލް އުފައްދަން ފެނޭތޯ އާއި އައްޑު އަތޮޅު ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލެއް ހިންގަން ފެނޭތޯ އެހުންކަމަށް ޒާހިދު ވިދާޅުވިއެވެ.
ހަމައެއާއެކު، މީދޫ ރައްޔިތުންނަށްވެސް ސުވާލު ކުރާނީ މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ފެނޭތޯ އާއި، ހުޅުދު އާއި މީދޫ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތަށް ހިންގަން ފެނޭތޯ ކަމަށް ޒާހިދު ވިދާޅުވެފައިވެއެވެ. އޭގެއިތުރުން ފޭދުއަށް ކުރާނީ އެންމެ ސުވާލެއް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު