ޕެންޝަން އޮފީސް މެދުވެރިކޮށް މަރުކަޒީ ބޭންކު ލައްވައި ފައިސާ ޗާޕުކުރުމުން ދިވެހި ރުފިޔާގެ އަގު ދަށްވެ ތަކެތީގެ އަގުތައް އުފުލޭނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުން ނެރޭ ޓްރެޜަރީ ބޮންޑް ގަތުމަށް މަގުފަހިކުރުމަށްޓަކައި ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންޖެކްޓްކުރަން ނިންމާފައިވާ ކަމަށް ބައެއް މީޑިޔާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވީ މިކަމުގެ ސަބަބުން ރުފިޔާގެ އަގު ދަށްވެ، ތަކެތީގެ އަގުތައް އުފުލި، އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެ ކަމަށެވެ. ޝާހިދު ވިދާޅުވީ ކޮވިޑް-19 ގެ ހާލަތާ ޚިލާފަށް، މިފަހަރު އިޤްތިޞާދީ ކުއްލި ނުރައްކަލެއް ދިމާވެގެން އާދަޔާ ޚިލާފު ފިޔަވަޅުތަކެއް އެޅުމުގެ ހާލަތެއް ނެތް ކަމަށެވެ.
"މި ފިޔަވަޅަކީ އެކަށީގެންވާ ސަބަބެއް ނެތި އަޅާ ފިޔަވަޅެއް ކަމަށްވުމާއެކު، މިކަމުގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ،" ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ މިފަދަ ފިޔަވަޅެއްގެ ސަބަބުން އަގުތައް އުފުލި، ރުފިޔާގެ އަގު ދަށްވެ، އަދި ޑޮލަރަށް އޮންނަ ޑިމާންޑް އިތުރުވެ، ނަތީޖާއެއްގެ ގޮތުން އިޤްތިޞާދީ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.
ޝާހިދު ވަނީ އެކަން ނުކުރުމަށް އެމްއެމްއޭ އަށް ގޮވާލައްވާފައެވެ. އަދި އަގުތައް ހަމަޖެހިފައި ބޭއްވުމުގެ މެންޑޭޓް ދެމެހެއްޓުމަށާއި، މިފަދަ މާލީ އަދި ފައިސާގެ ސިޔާސަތުތަކުން ދިވެހިރާއްޖޭގެ އިޤްތިޞާދު ރައްކާތެރިކުރުމަށް ޝާހިދު ގޮވާލެއްވިއެވެ.
"ރައްޔިތުންގެ އިތުބާރު ގެއްލޭފަދަ ޒިންމާދާރުކަން ކުޑަ ނިންމުންތަކުގެ ބުރަ ރައްޔިތުން އުފުލަން ޖެހިގެން ނުވާނެ،" ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު