ރައީސް ޑރ. މުހައްމަދު މުޢިއްޒު ރަތްރޮނގު ހުރަސްކުރައްވައިފިކަމަށާއި އެމަނިކުފާނު، ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރައްޔިތުން ނިކުންނަންޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ޢަބުދު ﷲ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް، ޝައިޚް އިމްރާން ޢަބްދުﷲ ވަނީ ގާނޫނީ އިމުގެ ތެރެއަށް ސަރުކާރު ވައްދަން ކަމަށް ބުނެ، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތައް ގުޅިގެން މަސައްކަތް ފެށުމަށް ގޮވާލައްވާފައެވެ.
އިމްރާން ވިދާޅުވިގޮތުގައި މި ސަރުކާރުން ވަނީ ދައުލަތް ހިންގުމުގެ މުޅި ނިޒާމު ޚަރާބުކޮށް އޮޅުން ބޮޅުން ކޮށްލައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ މެންބަރުން ތަޅުއެޅުވޭ ގޮތަށް ފާސްކުރި ގާނޫނާ އެކު، ޝަރުއީ ނިޒާމާއި މިނިވަން މީޑިއާ ވެސް ތަޅުއަޅުވައިފި ކަމަށް އިމްރާން ވިދާޅުވިއެވެ.
ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދޭތީ އެތައް ކުންފުންޏެއް ބަނގުރޫޓް ވެފައިވާކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، ރައްޔިތުން ނިކަމެތިވެފައިވާއިރު ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އިމްރާން ވަނީ ދެކަމެއް ކުރުމަށް ރައީސް މުޢިއްޒަށް ގޮވާލައްވާފައެވެ. އެއީ، ދައުރު ދަންމާލުމުގެ ވިސްނުން ދޫކޮށްލެއްވުމަށާއި ރަސްމާލެ ހިއްކުން ހުއްޓާލުމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ ރައީސް މުއިއްޒަށް ވެރިކަން ކުރައްވަން ފުރުސަތު ލިބިވަޑައިގަންނަވާނީ ގާނޫނީ އިމުގެ ތެރެއިން އެކަން ކުރައްވާނަމަ ކަމަށެވެ.
"ދިވެހި ރައްޔިތުން ރައީސް މުއިއްޒަށް ވޯޓު ދިނީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިން ވެރިކަން ކުރަން އެހެންވެ، އެ ނޫން މަގަކަށް ހިންގެވުމުގެ ފުރުސަތު ރައްޔިތުން ނުދޭނެ، އަމިއްލަ ރަސްކަމަކަށް ދިވެހި ގައުމު ހައްދަވަން ބޭނުންފުޅު ވާނަމަ، އެ ޖާގައެއް ރައްޔިތުން ނުދޭނެ. އަޅުގަނޑުމެން އެ ޖާގަ ދޭކަށް ނެތިން." އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާން ވަނީ ގާނޫނީ އިމުން ބޭރުވެވަޑައިގަތުމުގެ ވިސްނުންފުޅެއް ރައީސް ގެންގުޅުއްވާނަމަ އެ މަނިކުފާނު އިސްތިއުފާ ދެއްވައި ގެކޮޅަށް ވަޑައިގަތުމަށް ގޮވާލައްވާފައެވެ.
"ވެރިއަކު ހުރަސްކުރައްވައިގެން ނުވާނެ އެތައް ރަތްރޮނގުތަކެއް ހުރަސްކުރައްވާފައި. އެހެންވީމާ، ރައީސް މުއިއްޒު މި ރޮނގުތަކުގެ ތެރެއަށް ވެއްދުމަށްޓަކައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ހުރިހާ ސިޔާސީ ލީޑަރުންނާއި ހުރިހާ ރައްޔިތުން ގުޅިގެން ނުކުމެ، މަސައްކަތް ފަށަމާ ހިންގަވާ،" އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު