އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަޤުފު މަޝްރޫޢުތަކެއް ފައްޓަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އިސްލާމީ ޚިދުމަތަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، އިސްލާމީ ޙަޟާރަތުގައި މުހިންމު ދައުރެއް އަދާކުރި އިސްލާމީ ވަޤުފުގެ ނިޒާމް ފުޅާކުރުމަށް ރައީސް ޑރ މުއިއްޒު އިއުލާންކުރައްވާފައިވާ ސިޔާސަތުގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަޤުފު މަޝްރޫޢުތަކެއް ފައްޓަވަން އެމަނިކުފާނު ނިންމަވައިފައިވާ ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީގައި 23 މިލިއަން، ފުވައްމުލައް ސިޓީގައި 15 މިލިއަން، ކުޅުދުއްފުށި ސިޓީގައި 10 މިލިއަން، ތިނަދޫ ސިޓީގައި 10 މިލިއަން، އަދި ވިލިނގިލީގައި 10 މިލިއަން ރުފިޔާ ވަޤުފު އުފައްދަން އިންވެސްޓް ކުރުމަށް ނިންމާފައިވާ ކަމަށް ޝަޙީމް ވިދާޅުވިއެވެ.

އަދި މި ޕްރޮޕަޓީތަކުން ލިބޭ ނަފާ ޚަރަދު ކުރެވިގެންދާނީ އެ ސިޓީތަކުގެ އިސްލާމީ ކަންކަމަށް ކަމަށް މިނިސްޓަރު ޝަޙީމް ވިދާޅުވި އެވެ.

"އެއީ މިސްކިތަކާއި ޤުރުއާނުގެ އިލްމު ފެތުރުމަށް، މާލެ ސަރަހައްދުގައި ދެ މަޝްރޫޢެއް ކުރިއަށް ގެންދެވޭނެ. އޭގެ ނަފާ މުޅި ރާއްޖެއަށް ބެހިގެންދާނެ،" ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވަގުފު މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ޖަނަވަރީ މަސް ތެރޭގައި ފެށިގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް