އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ ގުޅޭގޮތުން ރިފަރެންޑަމް ވޯޓެއް ނަގަން ސަރުކާރުން ނިންމީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދެއް ފުއްދެވުމުގެ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ލ. ފޮނަދޫގައި މިރޭ ބޭއްވެވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވީ އެ ރިފަރެންޑަމް ވޯޓަކީ ސަރުކާރުން ވަކި ނިންމުމެއް ނުވަތަ ވަކި އައުޓްކަމެއް ބޭނުންވެގެން ނަގާ ވޯޓެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ، އައްޑޫގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުން ބޭނުންވާ ގޮތަކަށް ވޯޓު ނެގުމަކީ، ރިޔާސީ އިންތިޚާބުގައި އެ ތިން ރަށުގެ ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވީ ވަކި ކައުންސިލްތަކެއް އުފެއްދުމުގެ ކަންތަކުގައި ދާއިމީ ހައްލެއް ގެނެސްދެވުމަށް ވައުދުވެ ވަޑައިގަތުމުން ކަމަށެވެ. އެ ވައުދު ފުއްދެވުމަށް ކުރައްވާ މަސައްކަތަކީ ގާނޫނީ ނިޒާމުގެ ތެރެއިން، ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން ކުރައްވާ ކަމެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތެއް ނިންމުމަށް އެމަނިކުފާނު މިހާރު ރައްޔިތުންނާ ސުވާލުކުރައްވަމުން ގެންދަވާ ކަމަށާއި، ރައްޔިތުން އެ ނިންމަވާ ކޮންމެ ގޮތަކީވެސް ސަރުކާރުގެ ނިންމުން ކަމަށެވެ. އެހެންކަމުން، ސަރުކާރުން އެ ނިންމުމަކަށް ފުރިހަމައަށް ތާއީދުކޮށް، އެކަން ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
"މިހާރު އެ ކޮމްޕޮޒިޝަން (އައްޑޫ ސިޓީގެ ގޮތުގައި) ބޭއްވުން ކަމަށް ނިންމިޔަސް ހަމަ އެއީ ސަރުކާރުން އެއަށް ތާއީދުކޮށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމެއް. ވަކިވަކި ކައުންސިލްތަކެއް ފޭދޫންނާއި ހުޅުދޫ މީދޫން ހަދަން ރައްޔިތުން ނިންމެވިޔަސް އެއީ ހަމަ ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަންތައްތައް. ސަރުކާރުން ވަކި ގޮތެއް ބޭނުންވެގެން އުޅޭ ކަމެއް ނޫން. ހަމައެކަނި އަޅުގަނޑު މި ވީ ވަޢުދު ފުއްދަންކަން މި އުޅެނީ ފަސް ދުވަހަށް ވެފައި އޮތީމަ،އަޅުގަނޑު ހަމަ އެކަން ސާފުކޮށްލަދިނީ މި،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރިފަރެންޑަމް ވޯޓާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ހަގީގަތް އޮޅުވާލުމަށް މަސައްކަތްކުރާ ކަމަށް ފާހަގަވާތީ، މިކަން ރައްޔިތުންނަށް ސާފުކޮށްދެއްވުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށެވެ. ވަކި ކައުންސިލްތަކެއް އުފެދިއްޖެނަމަ، އެ ކައުންސިލްތަކަށް ކައުންސިލްތަކުގެ ހުރިހާ ހައިސިއްޔަތެއް ލިބި، ވަކި ބަޖެޓެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރަކު ވަކިންނެތް ފޭދޫއަކަށް ވަކި ބަޖެޓެއް ނޯވެ ހުޅުދޫއަކަށް މީދޫއަކަށް ވަކި ބަޖެޓެއް ނޯވޭ. އެހެންނަމަވެސް މިގޮތަށް ހަމަޖެހިގެން ރައްޔިތުން އެގޮތަށް ނިންމަވައިފި ހާލަތެއްގައި މިހާރު ބްލޮކް ގްރާންޓް ލިބޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ވަކި ކައުންސިލްތަކެއް އުފެދިއްޖެނަމަބްލޮކް ގްރާންޓް ލިބޭނެ އަދަދު ވެސް ހާމަކުރައްވާފައެވެ.
ރައީސް ވިދާޅުވީ އޭރުން ފޭދޫ ކައުންސިލަށް އަހަރަކު ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭނެ ކަމަށެވެ. އަދި ހުޅުދޫ ކައުންސިލަށް އަހަރަކު ގާތްގަނޑަކަށް 13-14 މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭނެ ކަމަށާއި މީދޫ ކައުންސިލަށް 18 މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން މިހާރު ހިންގަމުން އަންނަ ހުޅުދު އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބެލުމަށް ތިން ރަށުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެެވެ.
އެ ގޮތަށް ފާސްވެއްޖެ ނަމަ ސިޓީ ކައުންސިލްގެ ދަށުން ދެން ހިންގާނީ ހިތަދޫ، ގަން، މަރަދޫފޭދޫ އަދި މަރަދޫ އެވެ.

ކިޔުންތެރިންގެ ހިޔާލު