ރާއްޖޭގެ ރައްޔިތުންނަށް ކުރިއަށް އޮތް ދުވަސްތަކަކީ އަތްމަތި ތަނަވަސްވެ، މުއްސަނދިކަން އިތުރުވެގެންދާނެ ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލ. ފޮނަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ސަރުކާރުން ވިޔަފާރިތަކަށް ދައްކަންޖެހޭ އެތައް ހާސް މިލިއަން ރުފިޔާއެއްގެ ބިލުތައް ހުރީ ފުނިޖެހިފައި ކަމަށެވެ. އަދި މި ހުރިހާ ފައިސާއެއް ކުރިއަށް އޮތް ހަފްތާއެއް ނުވަތަ ދެ ހަފްތާއެއްތެރޭ އަދާކުރާނެ ކަމުގެ ޔަގީންކަން ރައީސް މިރޭ ވެސް ދެއްވިއެވެ. ރައީސް ވިދާޅުވީ އެކި ފަރާތްތަކަށް ސަރުކާރުން ދައްކަންޖެހޭ ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ އަދިވެސް އެބަހުރި ކަމަށެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ޚާއްސަކޮށް ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ހިންގަމުންދާ ކަމަށެވެ. މީގެ ތެރެއިން، ފަތުރުވެރިކަމުގެ ދާއިރާއަކީ މި ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ދާއިރާއެއް ކަމަށާއި، ލ. އަތޮޅާއި މުޅި ރާއްޖެއަށް ފައިދާކުރަނިވި ގޮތަކަށް މި ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތައްކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތާއި ކޮންސްޓްރަކްޝަން ދާއިރާ ކުރިއެރުވުމަށްޓަކައި ވެސް ސަރުކާރުން އެތައް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްކޮޅު ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ އެތައް ކުންފުންޏަކަށް ސަރުކާރުގެ މަސައްކަތްތައް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް ވިދާޅުވީ މި ހުރިހާ ކަމެއްވެސް ސަރުކާރުން ހަމަޖައްސަމުންދަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް މަދު ދުވަސްކޮޅު ރައްޔިތުންނަށް މިފަދަ ގިނަ ކަންތައްތަކެއް ހަމަޖެހި، އަތްމަތި މުއްސަނދިވެ، ތަނަވަސް ދުވަސްތަކެއް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައްޔިތުންނަށް ކުރިއަށް އޮތް މަދު ދުވަސްކޮޅު ވެގެންދާނީ، މިފަދަ ގިނަ ކަންތައްތަކެއް ހަމަޖެހި، އަތްމަތި މުއްސަނދިވެގެންދާ ދުވަސްތަކެއް އިރާދަކުރެވިއްޔާ އަތްމަތި ތަނަވަސްވާ ދުވަސްތަކެއް،" ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު