މެމްބަރު ޝުޖާއު، ކުރީގެ ނައިބު ރައީސް ޖަމީލް
މެމްބަރު ޝުޖާއު، ކުރީގެ ނައިބު ރައީސް ޖަމީލް
މަކަރުން ހޭންތިބެ ގައުމު ދަވާލުމުގެ ފުރުސަތު ރައްޔިތުން މި ސަރުކާރަކަށް ނުދޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ އެމްޑީޕީން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފ. އަތޮޅުގެ މަޝްރޫޢު ހުއްޓުވިގޮތަށް، މަގުމަތިން އިންވެސްޓުމެންޓުތައް ހުއްޓުވުމަށް ދެން ފުރުސަތު ނުދޭނެ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެމުން ކުރި ޕޯސްޓެއްގައެެވެ.

މިކަމަށް ރައްދު ދެމުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ޝުޖާއު ވިދާޅުވީ އެންމެ ބޮޑު ފެމުނުތައް ޙިމާޔަތް ކުރުމަކީ ރައީސް މުއިއްޒުގެ ބިޔަބޮޑު އިންވެސްޓްމަންޓް ކަމަށެވެ.

މި ސަރުކާރުން ތަންދޮރު ނޭނގޭ މީހުންނާއެކު ކުރިއަށް ގެންދާ ބައެއް ބިޔަ މަޝްފޫޢުތަކުގެ މިސާލުތައް ފާހަކުރަމުން ޖަމީލް ވަނީ އެކަންކަން ބަޔަކު ހުއްޓުވިތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ. އަދި ސަރުކާރުގެ ތެރޭގައި އޮތީ ނުކުޅެދޭ ޖަމާއަތެއް ކަމަށާއި، އެ ޖަމާއަތަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

"ތަންދޮރުނޭނގޭ މީހުނާއެކު ކުރިޔަށްދާ ބިޔަ އިންވެސްޓްމަންޓުގެ ތެރެއިން ކަނޑު އަޑީ ޓަނަލް، އިންވެސްޓް ބޭންކް، 400 މިލިއަން ޑޮލަރ އަހަރަކު ލިބޭ ބަންކަރިން، އައްޑޫ މީދޫ ހިތަދޫ ބްރިޖް. ކޮބާ މިކަން ބަޔަކު ހުއްޓުވިތަ؟ ނުވަތަ އެބަ ކުރިޔަށް ދޭތަ؟ ނުކުޅެދޭ ޖަމާޢަތެއް ތިޔައީ. އެއްކަމެއްވެސް ނުވާނެ." ޖަމީލް ވިދާޅުވިއެވެ.

އިވެންޓް މެނޭޖްމެންޓު ކުންފުނިތައްވެސް ހިންގާ ޝުޖާއުއަށް ބަހުގެ ހަމަލާއެއް އަމާޒުކުރަމުން ޖަމީލް ވިދާޅުވީ މިހުރިހާ އިންވެސްމަންޓްތަކަށް ވުރެ ބޮޑީ އިވަންޓް މެނޭޖްމަންޓް ކުންފުނިތަކުން ދަވާލާ ފައިސާ ކަމަށެވެ. އެކަން ހުއްޓުވަން ޔަގީނުންވެސް ރައްޔިތުން ތެދުވާނެ ކަމަށެވެ.

"މަކަރުން ހޭންތިބެ ގައުމު ދަވާލަން ފުރުސަތެއް ނުދޭނެ! ނިކަން ބަލަން ހުންނާތި" ޖަމީލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު