ޔަހޫދީ ނަތަންޔާހޫ ކެނެޑާއަށް ވަދެއްޖެނަމަ ހައްޔަރުކުރާނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވެއްޖެއެވެ.
މާކް މިހެން ވިދާޅުވީ ނަތަންޔާހޫ ޣައްޒާގައި މީހުން ބަނޑަށް ޖެއްސުން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ.
ކެނެޑާއިން ވަނީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ވެސް ނިންމާފައެވެ. މިއީ އިސްރާއީލުގެ މިހާރުގެ ސަރުކާރުގެ އަމަލުތަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ކާނީ ވިދާޅުވިއެވެ. އަދި ޣައްޒާގައި ހިނގަމުންދާ ޖެނޮސައިޑް ޢަމަލުތަކާމެދު އިތުރަށް ހަނުހުރެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
މާކްގެ މިވާހަަކަތަކާ ގުޅިގެން އިސްރާއީލާއި ކެނެޑާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ވަނީ ގޯސްވެފައެވެ. އަދި ނެތަންޔާހޫގެ ފޮރިން ޕޮލިސީ އެޑްވައިޒަރު އޮފީރް ފަލްކް ވަނީ ކާނީގެ މި ބަސްތަކަކީ ޔަހޫދީ ދައުލަތަށް ޣައްދާރުވުން ކަމުގައި ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު