އައްޑޫ ސިޓީގެ ގެއެއްގައި ދެމެފިރިއަކު ނިޔާވެފައި އޮއްވާ ފެނުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ހަވީރު ބުނީ އައްޑޫ ސިޓީ، ހިތަދޫ ގެއެއްގައި ދެމީހަކު ނިޔާވެފައި އޮތް މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
ނިޔާވެފައި އޮއްވާ ފެނުނީ، އިބްރާހިމް އަބްދުالله، ކްރޭންގެ، ސ. ހިތަދޫ (60އ) އާއި ފަރުހަނާޒް ރަޝީދު، ނާރެސް، ސ. މަރަދޫ (52) އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި މިހާތަނަށް ބެލި ބެލުމަށް ތުހުމަތުކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު