ގޮހޮރަކީ އިންސާނާގެ ހަށިގަނޑުގެ ހަޖަމުކުރާ ނިޒާމުގެ މުހިންމު ބައެކެވެ. ކާނާ ހަޖަމުކުރުމާއި، ކާނާއިން ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހަށިގަނޑަށް ދަމައިގަތުމުގައި ގޮހޮރު މުހިންމު ދައުރެއް އަދާކުރެއެވެ.
ގޮހޮރު ދުޅަވުމަކީ، ގޮހޮރުގެ އެތެރޭގެ ފަށަލަތަކުގައި އިންފްލެމޭޝަން އުފެދުމެވެ. މިކަމުގެ ސަބަބުން ތަފާތު ގިނަ މައްސަލަތަކާއި ނިޝާންތައް ފެނިދާނެއެވެ. މިފަހަރު މި ހިމަނާލަނީ ގޮހޮރު ދުޅަވެފައިވާކަމުގެ ނިޝާންތަކާއި އެކަމުގެ ސަބަބުން ދިމާވާ މައްސަލަތަކެވެ.
ގޮހޮރު ދުޅަވުމުގެ އެންމެ އާންމު އަދި ފާހަގަކޮށްލެވޭ އެއް ނިޝާނަކީ ބަނޑުގައި ރިއްސުމާއި ތަދުވުމެވެ. މި ތަދު، ބަނޑުގެ ވަކި ހިސާބަކަށް ނުވަތަ މުޅި ބަނޑުގައިވެސް ހުރެދާނެއެވެ. ބައެއް ފަހަރު މި ރިހުން ވަރަށް ބޮޑުވެ، މީހާ ހާސްކޮށްލާފަދަ ތަދަކަށްވެސް ވެއެވެ. ގިނަ ފަހަރު ކެއުމަށްފަހު ނުވަތަ ބޮޑުކަމުދާން ބޭނުންވުމުން މި ރިހުން އިތުރުވެދާނެއެވެ. ގޮހޮރު ދުޅަވުމުގެ ސަބަބުން ގޮހޮރުގެ މަސްތަކަށް ބަދަލުތައް އައުމުގެ ނަތީޖާއެއްގެ ގޮތުން، ގޮހޮރުގެ ހަރަކާތަށް ބަދަލުތައް އައިސް، މިފަދަ ތަދުތައް ކުރިމަތިވުމަކީ އާންމު ކަމެކެވެ.
ގޮހޮރު ދުޅަވުމުން ބޮޑުކަމުދާ ނިޒާމަށްވެސް ބަދަލުތައް އަންނާނެއެވެ. ބޭރަށް ހިންގުމަކީ ވަރަށް އާންމު ކަމެކެވެ. ބައެއް ފަހަރު ބޭރަށް ހިންގުމުގެ ތެރޭގައި ލޭ ނުވަތަ ދަވަ ބޭރުވުމަކީވެސް ވެދާނެ ކަމެކެވެ. ގޮހޮރު ދުޅަވުމުގެ ސަބަބުން ގޮހޮރުގެ ފަށަލަތަކަށް އަނިޔާވެ، ފެނާއި މިނަރަލްތައް ހަށިގަނޑަށް ދަމައިނުގަނެވޭތީ، ބޭރަށް ހިންގުމުގެ މައްސަލަ ދިމާވެއެވެ. އަނެއް ބަޔަކަށް ދިމާވާ މައްސަލައަކީ ބަނޑުހަރުވުމެވެ. ގޮހޮރު ދުޅަވުމުގެ ސަބަބުން ގޮހޮރުގެ ހަރަކާތް ދަށްވެ، ނުވަތަ ގޮހޮރުގައި ހިނގާ މައްސަލަތަކެއްގެ ސަބަބުން ބަނޑުހަރުވުމަކީވެސް ވެދާނެ ކަމެކެވެ.
މީގެ އިތުދުން ބަނޑުފުފުމާއި، ގޭސް އުފެދުމަކީވެސް ގޮހޮރު ދުޅަވުމުގެ ސަބަބުން ފެންނާނެ އާންމު އަލާމަތްތަކެވެ. ގޮހޮރު ދުޅަވުމުގެ ސަބަބުން ކާނާ ހަޖަމުކުރުމަށް ދަތިވެ، ބައެއް ކަހަލަ ކާނާގެ ބާވަތްތަކުން ގޭސް އުފެދުން އިތުރުވެއެވެ. މީގެ އިތުރުން ގޮހޮރުގެ ތެރޭގައި ހުންނަ ޖަރާސީމުގެ ހަމަޖެހުން ނަގާލެވުމުންވެސް ގޭސް އުފެދުން އިތުރުވެ ބަނޑުފުފި ބޮޑުވެފައި ހުންނަގޮތް ދިމާވެއެވެ. މިއީ ވަރަށް ނުތަނަވަސްކަން އުފައްދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު