ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު ސަސްޕެންޑްކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޤާޟީ ފާއިޒު ރަޝާދު ސަސްޕެންޑުކުރީ 60 ދުވަހަށެވެ. ނަމަވެސް މިމައްސަލައިގެ ތަފްސީލް ޖޭއެސްސީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ޤާޟީ ފާއިޒްގެ ދެމައްސަލައެއް ޖޭއެސްސީން ބަލަމުން ގޮސްފައިވާ ކަމަށް އެނގިފައިވެއެވެ. އެއީ މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ މީހެއް ބަންދުން ދޫކޮށްލުމާއި، އައިޖީއެމްއެޗްގައި މަސައްކަތްކުރި ބިދޭސީ ނަރުހެއްގެ މަރުގެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއްގެ ބަންދާ މެދު އަމަލުކުރި ގޮތާއި ގުޅިގެން ބަލަމުންދިޔަ މައްސަލައެކެވެ.
މީގެ ކުރިންވެސް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކަކާއި ގުޅިގެން ޤާޟީ ފާއިޒް ޖޭއެސްސީން ސަސްޕެންޑް ކޮށްފައިވެއެވެ.
އެގޮތުން އެމައްސަލާގައި 05 ނޮވެންބަރު 2021 އިން ފެށިގެން ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދަށް ޖޭއެސްސީން އަންގާފައިވެއެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް ޤާޟީ ހުސައިން ފާއިޒް ރަޝާދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަނު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު