ރައީސް ޔާމިން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި އޭރުގެ ހުރިހާ ސިޔާސީ ލީޑަރުން ފުލުހުން މެދުވެރިކޮށް ހިފައި ހައްޔަރު ކުރިއެވެ. ބައެއް ލީޑަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތައްކޮށް ޝަރީޢަތްކޮށް ޖަލަށްވެސް ލިއެވެ. ރައީސް މުޙައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި ޔާމިންގެ ބޮޑުބޭބެ، ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫނާއި ކުރީގެ މެންބަރު އިލްހާމް އަހުމަދާއި ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމާއި ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކުވެސް މީގެ ތެރޭގައި ހިމެނުނެވެ. އަދި މިއީ އޭރު ހައްޔަރު ކުރި މުހިންމު ބައެއް ބޭބޭފުޅުންގެ ނަންތަކެވެ.
މިބޭބޭފުޅުން ހައްޔަރުކޮށް ޝަރީޢަތްތައް ހިންގީ ވެސް ވަރަށް އާދަޔާ ޚިލާފު ގޮތްގޮތަށެވެ. މިހާތަނަށް ރާއްޖޭގެ ކޯޓުތަކުން ޝަރީޢަތްތައް ނުބާއްވާހާ ބާރު މިނުގައި، ރޮކެޓް ސްޕީޑުގައި، ރެއެއް ދުވާލެއް، މެންދަމެއް ފަތިހެއް، ހާރުދަމެއް، ރޯދަވީއްލާ ގަޑިއަކަށް ވެސް ބެލުމެއް ނެތިއެވެ. ހަމަގައިމުވެސް މިރާއްޖޭގައި މިހާރު މިހިނގާ ޑިމޮކްރެސީގެ ވެރިކަން ގެނައުމަށް އެންމެ ކުރީ ސަފަށް ނުކުމެ ހުންނެވި ޤާސިމް އިބްރާހީމަށް ހުކުމް ކުރީ އެމަނިކުފާނު ހޮސްޕިޓަލުގައި އެނދުމަތިކޮށްފާ އޮއްވާ ބަލި އެނދަށް ލައިގެން ކޯޓަށް ހާޒިރުކޮށްގެންނެވެ. ރާއްޖެއަށް މަލްޓިޕާޓީ ނިޒާމު ތަޢާރަފުކޮށް އާ ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ ރައީސްކަން ކުރެއްވި ރައީސް ނަޝީދު ހައްޔަރުކޮށް، ތަހުޤީގު ހިންގައި، ދަޢުވާކޮށް، ޝަރީޢައްކޮށް، ހުކުމް ޖަހާ ނިންމާލީ ފަޓާސް ބަރިއެއްގައި ރޯކޮށްލީމާ ރޯވެ ގޮވަމުންދާ ސްޕީޑުގައެވެ. ހަގީގަތުގައި 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ރައީސް ނަޝީދަށް ލިބިވަޑައި ނުގަތީވެސް މިދެންނެވި "ފަޓާސްބަރި ހުކުމު" ގެ ސަބަބުންނެވެ. ރައީސް މައުމޫން ކޯޓަށް ހާޒިރުކޮށް ބަރަކާތްތެރި ރަމަޟާން މަހު ރެއާއި ދުވާލު އެމަނިކުފާނު، އަށް، ނުވަ، ދިހަ ގަޑިއިރު ކޯޓުގައި ބައިންދައިގެން ޝަރީއަތް ހިންގިކަން މިއީ ބަޔަކު އަދި ހަނދާން ނެތޭނެ ކަމެއްނޫނެވެ. އެމަންޒަރު ތަކާއި އަޑުތައް އެހެރީ ރެކޯޑު ކުރެވިފައެވެ. ރާއްޖޭގެ އެންމެ ފަހުބަސް ބުނާ ކޯޓު، ނުވަތަ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ޖަލަށް ގެންދިޔައީ ފުލުހުން ލައްވާ ފުރާޅުން ޓިނު ނަގައިގެން އެތަނަށް ވަދެގެންނެވެ. ކާނަލް ނާޒިމް ހައްޔަރުކުރީ ރޭގަނޑު އޭނާ ގޭގައި އުޅުއްވަނިކޮށް ހަތިޔާރު ހިފައިގެން ވަދެ ދެމަފިރިކަނބަލުން ކުޑަކަކޫ ޖައްސާފައި ބައިތިއްބައިގެން މުޅި ގެ އެއްފުށުން އަނެއް ފުށަށް ޖަހައި ފާސްކޮގެން ހޯދި ޕެންޑްރައިވެއް މާބޮޑު ހެއްކަކަށް ބަލައިގެންނެވެ.
މިވަރަކުން އަދި މިސިލްސިލާ ނިންމަވާލެއްވީކީ ނޫނެވެ. މިބޭބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން އަތުލައި ނުގަނެވުނީމާ ބޮޑެތި މާފިޔާ ގޭންގުތަކުން ކަންކުރާ ބީދައިން ބަދަލުގައި އެބޭބޭފުޅުންގެ އަނބިއަނބި ކަނބަލުންނާއި ދަރިދަރިކަލުން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ބިރުދައްކައި ހައްޔަރުކޮށް ހެދިއެވެ. އެގޮތުން ޤާސިމް ބޭސްފަރުވާއަށް ވަޑައިގެންނެވުމުން ޤާސިމުގެ ދަރިކަލުން ދަމާ ކޫއްތާފައި ގެންގޮށް "ޖަލަށް ގަޅައިލީ" އެވެ. އިލްހާމް އަތުލައި ނުގެނެވުނީމާ އޭނާގެ އަނބިކަބަލުން ފުލުސް އޮފީހުގައި އަސީރު ކުރީއެވެ. ފަނޑިޔާރުގެ އަނބިކަނބަލުންނަށް ވެސް ހަމަ އެ ބިރު ދެއްކިއެވެ. ބޮޑު ބޭބެ "ޖަލަށް ގަޅައިލީ" މުސްކުޅިފުޅުވީ ދުވަހު ބަލަން ހުރި ދޮށީ ދަރިކަލުންނާއިވެސް އެކުގައެވެ.
ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމުން ގިނަ ރައްޔިތުން ނޫނެކޭ ބުނީމާ އެ އެޕިސޯޑް ނިންމަވާލައްވާފައި ނުކުމެ ވަޑައިގެން ރައީސް ޔާމީން މިހާރު އެއިންނެވީ ޕާޓީ ހައްދަވައިގެން ހަރުގޭގައި މައިކްގައި ހިއްޕަވައިގެންނެވެ. އެމަނިކުފާނު ހަރުގެ ޖަލްސާ ކުރިއަށް ގެންދަވަނީވެސް ވަރަށް ތަފާތު ގޮތަކަށެވެ. އެކަން ކުރައްވަނީ ކުރީ ޒަމާނުގައި މައުލޫދު ކިޔާ އުޅޭ ޒާތަށޭވެސް ބައެއް މީހުން ބުނެއެވެ. އެހެން މީހަކު ކޮޅަށް ތެދުވެ ވާހަކަ ފެށީމާ އެމަނިކުފާނު ދޭތެރެ ދޭތެރެއިން މައިކްގައި ހިއްޕަވައިގެން ވާހަކަފުޅު ދައްކަވަނީއެވެ. ވާހަކަފުޅު ބައްޓަން ވަނީ މައިކު ލިބިވަޑައިގަންނަވާއިރު އެއަންނަ ޖޯޝަކާ ފޯރިއަކާއި ނުވަތަ ރުޅިވެރިކަމަކާއި އެއްގޮތަށް އެފަހަރަކު އެމަނިކުފާނުގެ މޫޑު ހުންނަ ގޮތަކަށެވެ. ބައެއް ފަހަރު ބޮޑު ތަޖުރިބާކާރަކަށް ބަދަލުވެއެވެ. އަނެއްބައި ފަހަރު ވަރުގަދަ އިކޮނަމިސްޓަކަށެވެ. އަނެއްބައި ފަހަރު ޖޯކަރަކަށެވެ. ބައެއް ފަހަރު އެއްވެސް ހަގީގަތެއްނެތް ފްލޯކް ވާހަކަ ކިޔާ މީހަކަށެވެ. ބައެއް ފަހަރު ރުޅިއައިސްގެން "ސިންގާއެއްހެން ފުންމައިގަންނަން އުޅޭ ހެންވެސް ހީވެއެވެ. އެފަހަރަކު އެ ފެންނަ ސޫރައަކާއި ގުޅޭ ގޮތަށް އަޑުފުޅާއި ބަސްމަގާއި ހަރާކާތް ވެސް ބަދަލުވެއެވެ. ބައެއް ވާހަކަތައް އަޑުއިވޭ ގޮތަކުން އެ ބަސްތައް ރައްދުވާ މީހާއަކީ ޖަނަވާރެއްގެ ގޮތަށް ވެސް ސިފަ ކުރައްވައެވެ. އަދި ޖައްބާރު، ޖާހިލު، އަނިޔާވެރި، ވަގު، ކޮރަޕްޓް، ފޭރޭ، ރިޝްވަތު، އަދި މިނޫންވެސް މިތާނގައި ލިޔަން ކަމުނުދާހާ ދަށު ދަރަޖައިގެ ބަސްތައް ވެސް ބޭނުން ކުރައްވައެވެ.
މިދެންނެވި ބަސްމަގާއި ރާގާއި ދައްކަވާ މޮޅު ވާހަކައަށްވުރެ މާމުހިންމު އަދި މާ ހައްސާސް ކަމެއް ރައީސް ޔާމިންގެ ފަރާތްޕުޅުން މިފަހުން ވަނީ ފާހަގަ ކުރެވިފައެވެ. މިލިޔުމުގެ ކުރީގައި އެވަނީ ޔާމިންގެ ވެރިކަމުގައި ހައްޔަރުކޮށް ޝަރީޢަތްތައް ހިންގި ބައެއް މީހުންގެ ވާހަކައެވެ. ނަމަވެސް ދާދިފަހުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ތިމަން މަނިކުފާނު އަމުރު ކުރައްވައިގެން ނޫނީ އަންގަވައިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިވެސް ޝަރީޢަތް ކޮށްފައި ވެސް ނުހުންނާނެ ކަމަށެވެ. ޔާމިން ވިދާޅުވީ އެމަނިކުފާނުގެ "ޒަޢާމަތުގައި އެއްވެސް މީހަކު ޖަލަށްލާން އަމިއްލަ އިސްނެގުމާއެކު" ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރެއްވީ ދިވެހިރާއްޖޭގެ ޤާނޫނުގެ ބާރު ނަގަހައްޓާން ކަމަށެވެ. އެހެންވީމާ އެމަނިކުފާނަކީ މިހާރު ހަމަ ސާފު ޠާހިރު ހުދު ފޮތިކޮޅެކެވެ.
ނަމަވެސް ވެރިކަން ނިންމާލެއްވިއިރު ޔާމިންގެ މަސައްކަތުގެ ރެކޯޑުގައި އޮތީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތާއި ވައްކަމުގެ ވާހަކައެވެ. އެކަމުގެ ހެއްކާއި ގަރީނާ ހުރީ ބޭންކުގައާއި އެކަމުގެ އެންމެ ބޮޑު ދެމޭސްތިރިންގެ އަތުގައެވެ. އެއީ ޔާމިން ސަރުކާރުގައި އުފެދުނު "ބްރޯ" އާއި ޒިޔަތެވެ. އެދެ މޭސްތިރިންގެ ހެކިބަހުންނާއި ބޭންކުގައި ދައުރުކޮށް ދޮވެފައި ހުރި ފައިސާއިން ހެކި ކަށަވަރުކޮށްގެން ޔާމިންގެ މައްޗަށް ހުކުމްކޮށް ޖަލަށްވެސް ލިޔެވެ. އަދިވެސް އެޝަރީޢަތްތައް ކުރިއަށް ދަނީއެވެ. ނަމަވެސް ޔާމިން މިހާރު ހުންނެވީ ބޮޑު ޚިޔާނާތުން ފަސްބައިގައި ހޭކުނު ފައިސާގެ ލައްތައް ފިލުވާލައި މިނިވަން ވެފައެވެ. އެ މައްސަލަ ބަލާން ވަޢުދުވެގެން ވެރިކަމަށް ވަޑައިގެން ވެރި މީހާ ވެރިކަން ނިންމާލައްވާފައި ވަޑައިގެންނެވީ ބޮޑު ޚިޔާނާތުގެ ދެ މޭސްތިރިން ޖަލުން ނެރެ ހުދު ކާފޫރަށް ހައްދަވައި މިނިވަންކޮށް ދޫކޮށްލާފައެވެ.
ޔާމިން އެދައްކަވާ ވާހަކަފުޅުތަކުން އެނގޭ އެންމެ މުހިންމު އެއްޗަކީ ނުވަތަ ފަހުމްވަނީ، އެމަނިކުފާނުގެ ވެރިކަމުގައި ނުބައިކޮށް ކުރި ކަމެއް ވިއްޔާ ކުރީ ފުލުހުންނާ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުން ކަމެވެ. ކުރިން މިދެންނެވި އެންމެން ހިފާ ހައްޔަރުކުރުމުގައި ގޯސްކޮށް ކަމެއް ހިނގާފައި ވާނަމަ އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ފުލުހުންގެ އެންމެ އިސްވެރިޔާއާއި އެކަން ކުރި ފުލުހުންނެވެ. ޝަރީޢަތް ހިންގި ފަނޑިޔާރުންނެވެ. ނުވަތަ އެކަމުގައި ޒިންމާ ނަގާ މުއައްސަސާ ތަކުންނެވެ. މިއީ މިއަދު މިގައުމުގައި ހިނގަމުން މިދާ ކަންކަމަށް ބަލާއިރު މިދެންނެވި މުއައްސަސާތަކުގެ ވެރިން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމެކެވެ. ޔާމިން މިދައްކަވާ ވާހަކަފުޅު ތަކުން މިދެއްވާ މެސެޖަކީ ގާނޫނާ ޚިލާފަށް ކަމެއް ކޮށްގެން ވެރިއަކު ޒިންމާ ނުނަގާނެ ކަމެވެ. ވެރިއަކު އެންގެވިޔަސް ގާނޫނާ ޚިލާފަށް ކަމެއް ކޮށްގެން ވެރި މީހާ ޒިންމާ ނަގަން ނުޖެހޭނެ ކަމެވެ. އަދި ނުވެސް ނަގާނެ ކަމެވެ. އެހެންވީމާ ވެރިކަމެއްގައި އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައިވާނަމަ، ގޯސްކޮށް ހިނގާފައިވާނަމަ އަދި އެކަމެއް ކުރީ ސީދާ ވެރި މީހާ އަންގަވައިގެން ކަމުގައި ވީނަމަވެސް، މުއައްސަސާތަކުގެ ވެރިން އެކަންކަމުގެ ޒިންމާ ނަގަން ތައްޔާރުވާށެވެ.

ކިޔުންތެރިންގެ ހިޔާލު