އަހުމަދު މަސްނޫމް   23 އޮކްޓޯބަރު 2025 - 21:24
ކ-ވ: ފިރާޤު އަދި ރައީސް މުޢިއްޒު
ކ-ވ: ފިރާޤު އަދި ރައީސް މުޢިއްޒު
އޭނާއަކީ އެއްވެސް ސަރުކާރަކާ ދެކޮޅު ބޭފުޅެއް ނޫން ކަމަށާއި، ފޯކަސްއަކީ ގައުމުގެ ޙާލަތު ރަނގަޅުކޮށް، އިންސާފު ކަށަވަރުކުރުން ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި، އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު، ވިދާޅުވެއްޖެއެވެ.

އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އަކީ އެއްވެސް މީހަކާއި ނުވަތަ ސިޔާސީ ފަރާތަކާއި އަދި އެއްވެސް ސަރުކާރަކާއި ވެސް ދެކޮޅު މީހެއް ނޫން ކަމަށެވެ. އަދި އޭނާ ކުރައްވާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރުން ކަމަށް ފިރާޤު ވިދާޅުވިއެވެ.

"އަޅުގަނޑަކީ އެއްވެސް މީހަކާ، އަދި ސިޔާސީ އެއްވެސް ފަރާތަކާ، އަދި އެއްވެސް ސަރުކާރަކާ ދެކޮޅު މީހެއް ނޫން. އަޅުގަނޑުގެ ފޯކަސްއަކީ، އަޅުގަނޑުމެންގެ ޙާލަތު ރަނގަޅުކޮށް، އިންސާފުވެރިކަން ކަށަވަރުކޮށް، އަޅުގަނޑުމެންގެ ހައްޤުތައް ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދުން،" ފިރާގު ވިދާޅުވިއެވެ.

ފަހަކަށް އައިސް ފިރާޤު ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ޝޯޝަލް މީޑިޔާގައި އޭނާގެ ޚިޔާލުތައް ހިއްސާކުރައްވަމުންނެވެ.

އެކަމަށް އިޝާރަތް ކުރައްވައި ފިރާޤު ވިދާޅުވީ ބައެއް ފަރާތްތަކުން ކަންކަމަށް ތަފާތު ގޮތްގޮތަށް ބަލައިފާނެ ކަމަށާއި، ދިމާވާ ގޮންޖެހުންތައް ފުރިހަމައަށް ނުވިސްނިދާނެ ކަމަށެވެ. އޭނާގެ އަމާޒަކީ ވިސްނުންތެރިކަން އުފެއްދުމާއި، ގައުމުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވޭނެ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުން ކަމަށް ވެސް ފިރާޤު ވިދާޅުވިއެވެ.

ފިރާގު އިތުރަށް ވިދާޅުވީ، އޭނާގެ މި މަސައްކަތަކީ ހެޔޮ ބަދަލުތަކާއި އެންމެންގެ ކުރިއެރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

"މިއީ ހެޔޮ ބަދަލާއި އެންމެންގެ ކުރިއެރުމެއް، އެއްވެސް މީހަކަށް ދިމާކޮށް ފުރައްސާރަ ކުރުމެއް ނޫން ކަންކަން ރަގަޅު ކުރުމަށް އަތުގުޅާލައިގެން މަސަތްކަތް ކުރުން،" ފިރާޤު ވިދާޅުވިއެވެ.

ފިރާޤަކީ ދިވެހިރާއްޖޭގައި ސީޝެލްސްގެ ކޮންސަލްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ސަރުކާރުގެ ސިޔާސަތު ތަކާއި ގުޅޭގޮތުން ޝޯޝަލް މީޑިޔާގައި ޕޯސްޓުތަކެއް ކުރެއްވި ފަހުން އޭނާ އެ މަގާމުން ވަކިކުރުމަށް ފޮރިން މިނިސްޓްރީ އިން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު