އައްޑޫގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ފެނޭތޯ ބެލުމަށް މިއަދު ނެގި ރެފަރެންޑަމް ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދޭން ބާރުއެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދޫ އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބެލުމަށް ނެގި ރިފަރަންޑަމް ވޯޓުގައި ފޭދޫން އައްޑޫ ސިޓީ ކައުންސިލުން ވަކިނުވާން ނިންމިއިރު، ސިޓީ ކައުންސިލުން ވަކިވުމަށް ހުޅުދޫ އާއި މީދޫއިން މިއަދު ވަނީ ނިންމާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ވޯޓުގައި، ވޯޓުދިން މީހުންގެ ތެރެއިން ވަކި ކައުންސިލެއް ހަދަން ދިނީ 2،176 ވޯޓު ކަމަށާއި ސިޓީއެއްގެ ގޮތުގައި ބާއްވަން ދިނީ 2،251 ވޯޓު ކަމަށެވެ. އެހެން ނަމަވެސް މީދޫ އާއި ހުޅުދޫގެ ވޯޓުދިން މީހުންގެ ބޮޑު އަޣުލަބިއްޔަތު ވޯޓު ދިނީ ސިޓީން ވަކިވާންކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
"މި ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދިނުމަށް ހުރިހާ ބޭފުޅުން ވެސް ބާރުއަޅުއްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ކުރީގެ ރައީސް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ފޭދު އާއި މީދޫ އަދި ހުޅުދު އަށް ހާއްސަކޮށްގެން ބޭއްވި މި ވޯޓުގައި ވޯޓުލާފައިވަނީ 4510 މީހުން ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 47.1 ޕަސެންޓެވެ. އަދި 5066 މީހަކު ވޯޓުގައި ބައިވެރިވެފައި ނުވާއިރު، އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 52.9 ޕަސެންޓްކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު