އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނުފެންނަ ކަމަށް ފޭދޫ ރައްޔިތުން ނިންމި ނިންމުމަކީ ވަރަށް ބުއްދިވެރި ނިންމުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވީ ފޭދޫގެ ރައްޔިތުން ނިންމީ ވަރަށް ބުއްދިވެރި އަދި މުހިންމު ނިންމުމެއް ކަމަށާއި އެކަމަށްޓަކާ އެ ރަށުގެ ރައްޔިތުންނަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އައްޑޫ އެކީ އޮތުމަކީ މުސްތަޤްބަލަށް އެންމެ އެކަށީގެންވާ އަދި އުންމީދީ މަގުކަން ފޭދޫ ރައްޔިތުން ގަބޫލުކޮށްފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އައްޑޫ ކައުންސިލުން ވަކިވާން ނިންމި ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް އިތުރު މިނިވަންކަމާއި ތަރައްޤީއަށް މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މިއަދު ނެގި ރެފަރެންޑަމް ވޯޓުގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް ފޭދޫގައި 1،782 މީހަކު ވޯޓު ދީފައިވާއިރު، ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓު ދިނީ 615 މީހުން ކަން ފާހަގަކޮށްލެވެއެވެ.
މި ވޯޓުގައި ފޭދޫގެ 55.43 ޕަސެންޓު މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު