72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހާ-
72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހާ-
ހައިކޯޓުގައި މައްސަލަ ރަޖިސްޓްރީކުރަން ދައްކަން ޖެހޭ 300 ރުފިޔާ ނުދެއްކި ކަމަށް ބުނެ، އެ ކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ބަލައިގަންނަން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދު އަންގައިފިއެވެ.

މި މައްސަލައަކީ މިއީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ”މަސްޖަރީ-2“ ކިޔާ ދޯންޏެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑުރަގު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތުކުރާ ސ. ހުޅުދޫ ދޭލިއާގެ / އިރުފާން ތަގިއްޔުއަށް ރައްދުވާ ގޮތަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ އިސްތިއުނާފު މައްސަލައެވެ. މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ދަށު ކޯޓުން މި މައްސަަލައިގައި ހިމެނޭ ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމުމުންނެވެ.

ހައި ކޯޓުގެ ރަޖިސްޓްރާ މި މައްސަލަ ބޭރުކޮށްލީ، މި މައްސަލައިގެ ރަޖިސްޓްރީ ފީ ދައްކަން ކޯޓުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް އަންގާފައި އޮތް މުއްދަތުގެ ތެރޭގައި ފީ ދައްކާފައި ނުވާކަމަށް ބުނެއެވެ.

ނަމަވެސް އެ ރިޕޯޓް އަލުން ރިވިއުކޮށްދިނުމަށް އެދި ހުށަހެމުން ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ވަނީ އެ މައްސަލަ ބަލައިގަންނަން އަންގައި، ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށްފައެވެ.

އަދި މި މައްސަލައިގައި ޕީޖީ އޮފީހުން ފަރުވާ ކުޑަކޮށްފައިނުވާކަމަށާއި، ކަނޑައެޅިފައިވާ ރަސްމީ ޗެނަލުން ހައިކޯޓުން މި މައްސަލައިގައި ޕީޖީ އޮފީހާ މުއާމަލާތް ކޮށްފައިނުވާކަން ފަނޑިޔާރުންގެ ނިންމުމުގައި ފާހަގަކޮށްފައި ވެއެވެ.

މި މައްސަލައިގައި އިރުފާނުއާކު ދެން ހިމެނޭ ދެ މީހުންނަކީ އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ / އަހްމަދު ނަސީރު އާއި މުހައްމަދު ހ. ގާޑަންބިއުޓީ / އަކްރަމްއެވެ. މި ދެ މީހުންގެ މައްސަލަވެސް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް