މަޖިލީހުގެ ހިތާދޫ ދާއިރާގެ މެމްބަރު މުހައްމަދު ސިރުހާން-
މަޖިލީހުގެ ހިތާދޫ ދާއިރާގެ މެމްބަރު މުހައްމަދު ސިރުހާން-
އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ގެނައި ސިގިރޭޓްތައް ބޮންޑެޑް ވެއާހައުސްގައި ހުއްޓައި ބޭރު ކުރި މަރުހަލާގައި، އެ ކުންފުނީގެ ހިއްސާ ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ ޕީއެންސީގެ މިހާރުގެ މެމްބަރު މުހައްމަދު ސިރުހާނަށް ދީފައިވާ ކަމަށް އެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ރިޕޯޓުން ހާމަވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރި އެ ރިޕޯޓުގައިވާ ގޮތުން ކަސްޓަމްސްގައި އެ ބޮންޑެޑް ވެއާހައުސް ރަޖިސްޓްރީ ކުރި އިރު، ކުންފުނީގެ ހިއްސާދާރުންނަކީ ލުބުނާ ހުސައިން މަނިކާއި އަބްދުﷲ ހަސަން ކިޔާ މީހެކެވެ.

ނަމަވެސް އޭގެ ފަހުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން 9 ޑިސެމްބަރު 2023 ގައި ފޭކް ސިނގިރޭޓް އެތެރެކުރި އިރު ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ ޕީއެންސީގެ މިހާރުގެ މެމްބަރު މުހައްމަދު ސިރުހާން ކަމަށް ރިޕޯޓުގައި ވެއެވެ.

ނަމަވެސް އޭރު އެއީ މަޖިލީހުގެ މެމްބަރެއް ނޫނެވެ. ސިރުހާން މެމްބަރުކަމަށް ހޮވުނީ އޭޕްރީލް 2024 ގައި ބޭއްވި 20 ވަނަ މަޖިލިހުގެ އިންތިހާބުގައެވެ.

ރިޕޯޓުގައި ބުނީ ބޮންޑެޑް ވެއާހައުސް އިން ވަގަށް ސިނގިރެޓްތައް ބޭރުކުރި އިރު، އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ހިއްސާދާރުން އޮތީ އެހެން ބަޔަކަށް ބަދަލުކޮށްފައި ކަމަށެވެ. އެގޮތުން ވަގަށް ސިނގިރެޓް ބޭރުކުރި މައްސަލަ ފެންމަތިވި އިރު އެ ކުންފުނީގެ ބޯޑު ޑައިރެކްޓަރުންގެ ގޮތުގައި ތިބީ އަބްދުލް އަހަދު އަދުނާން ނަމަަކަށް ކިޔާ މީހަކާއި މުހައްމަދު ޝަރީފު ނަމަކަށް ކިޔާ މީހެކެވެ.

އެހެންނަމަވެސް ބޮންޑެޑް ވެއާހައުސް އިން ވަގަށް ސިގިރެޓްތައް ބޭރުކުރި އިރު، އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ހިއްސާދާރުން އަނެއްކާ ވެސް އޮތީ ބަދަލުކޮށްފައި ކަމަށް ރިޕޯޓުގައި ވެއެވެ. ސިނގިރެޓް ވަގަށް ބޭރުކުރި މައްސަލަ ފެންމަތިވި އިރު އެ ކުންފުނީގެ ބޯޑު ޑައިރެކްޓަރުންގެ ގޮތުގައި ތިބީ އަބްދުލް އަހަދު އަދުނާން ނަމަަކަށް ކިޔާ މީހަކާއި މުހައްމަދު ޝަރީފު ނަމަކަށް ކިޔާ މީހެއް ކަމަށް ރިޕޯޓުގައި ވެއެވެ.

ރިޕޯޓުން އެނގޭ ގޮތުގައި އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ފޭކް ސިނގިރެޓް އެތެރެކުރީ އެހެން ކުންފުންޏަކަށް އެކްސްކްލޫސިވިޓީ އޮންނަ ބްރޭންޑެއްގެ ނަމުގައެވެ. އެހެންވެ އެ ސިގިނރެޓްތައް ބޭރުކުރުން ހުއްޓުވަން އެ ކުންފުނިން ކޯޓަށް ދިއުމުން، އެގްޒޮޓިކްގެ ސިނގިރެޓް ކްލިއާ ނުކުރުމުގެ ވަގުތީ އަމުރެއް ވަނީ ނެރެފައެވެ. އެފަހުން އެ ސިނގިރެޓްތައް ބެހެއްޓީ އެގްޒޮޓިކްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބޮންޑެޑް ވެއާހައުސްއެއްގައި ކަމަށް ރިޕޯޓުގައި ވެއެވެ.

ގާނޫނާ ހިލާފަށް ނެރުނު މި ސިނހިރޭޓުތަކުގެ ސަބަބުން ދައުލަތަށް ވަނީ 47.1 މިލިޔަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް