ރާއްޖޭގައި ބޯހިޔާވަހިކަން ދިނުމުގެ ނިޒާމަކީ ބޮޑު ވިޔަފާރި އުސޫލުން ހިންގާ ކަމަކަށް ވެފައިވާ ކަމަށާއި، ކޮންމެ ސަރުކާރެއްގައި ވެސް ފްލެޓާއި ގޯތި ލިބެނީ ވަކި ބަޔަކަށް ކަމަށް ހުޅުދޫ ދާއިރާގެ ޕީއެންސީގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު (ޝާޑު) މިއަދު ވިދާޅުވެއްޖެއެވެ.
ޝާޑު މިހެން ވިދާޅުވީ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު، ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ހައްގަށް ބެލުމެއްނެތި ރަސްމާލެއަށް އިސްކަންދޭ މައްސަލައިގައި ހުށަހެޅުއްވި ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް ފުލެޓް ލިބެނީ އަބަދުވެސް ލިބޭ މީހުންނަށް ކަމަށާއި ހައްގުވެރި ނިކަމެތި ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ނުލިބޭ ކަމަށެވެ. އަދި ފުލެޓް ލިބޭ މީހުން އެތަންތަން ކުއްޔަށް ދީފައި އުޅެނީ ރާއްޖެއިން ބޭރުގައި ކަމަށާއި އެކަން މިހާރު ވިޔަފާރި އުސޫލުން ކުރާ ކަމަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ލިބޭ މީހާއަށް ލިބެނީ ކޮންމެ ސަރުކާރެއްގައި ވެސް، ލިބޭ މީހާއަށް އެ ފްލެޓު މި ލިބެނީ، މިގޮތަށް ކިހިނެއްތޯ މިކަން ކުރާނީ؟ މިއީ މިހާރު ބޮޑު ވިޔަފާރި އުސޫލުން ކުރާ ކަމެއްގެ ގޮތުގައި މިކަން މި ވަނީ، ފްލެޓު ލިބޭ މީހާ މި ހުންނަނީ ފްލެޓުތައް ކުއްޔަށް ދީފައި، މާލޭގައި ވެސް ހުޅުމާލޭގައި ވެސް ވިލިމާލޭގައި ވެސް، ކޮންމެ ތަނަކުން ލިބޭ އެއްޗެއް ވެސް ކުއްޔަށް ދީފައި އެ މީހާ މި ހުންނަނީ ރާއްޖެއިން ބޭރުގައި." ޝާޑު ވިދާޅުވިއެވެ.
ޝާޑު ވިދާޅުވީ ހައްގުވެރިންނަށް ފުލެޓް ނުދެވޭނަމަ ސަރުކާރުން ލޯނު ނަގައިގެން ބޮޑު ޚަރަދުކޮށްގެން ފުލެޓް އަޅާނެ ކަމެއް ނެތް ކަމަށާއި ބިން ހިއްކުމުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ.
"އެއްކަލަ ނިކަމެތި މީހާއަށް ނުލިބޭ ރަށުން ވެސް ގޯއްޗެއް، ފްލެޓެއް ވެސް ނުލިބޭ، ހުޅުމާލެއަކުން ވެސް ނުލިބޭ، އެހެންވީމާ މިކަމަށް އެބަޖެހޭ ދާއިމީ ހައްލެއް ގެނެސްގެން މިކަން ނައްތާލަން، އެހެންނޫނީ ފްލެޓު ނާޅަންވީ، މި އުސޫލުން މި ފްލެޓު ދޭކަމަށްވަންޏާ ފްލެޓު އަޅާނެކަމެއް ނެތް." ޝާޑު ވިދާޅުވިއެވެ.
ޝާޑު ވަނީ މިހާރުގެ ފުލެޓް ދޭ ނިޒާމު ބަދަލުކުރުމަށް ވަރަށް ހަރުކަށި ހައްލެއް ހުށަހަޅުއްވާފައެވެ. އެގޮތުން މާލޭގެ ދަފުތަރު ވަގުތުން ވަގުތަށް އުވާލައި ގޯއްޗާއި ފްލެޓު ދޫކުރުމުގެ މަސައްކަތް ކުރަން ބޭރުގެ ބަޔަކާ ހަވާލު ކުރަން ޝާޑު ގޮވާލެއްވިއެވެ.
"ދަފުތަރު އުވާލައިފައި މި ބޯހިޔާވަހިކަން ދޫކޮށްލަންވީ މުޅީން އެހެން ބަޔަކަށް، ސަރުކާރުން ވެސް ބެހިގެން ނުވާނެ، މި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މުޅިން އެހެން ބަޔަކަށް ހަވާލުކޮށްލަންވީ، އެހެންގޮތަކަށް ދަންނަވާ ކަމަށްވަންޏާ ބޭރުގެ ބަޔަކާ ހަވާލުކުރަން އަޅުގަނޑަށް ފެންނަނީ، އޭރުން މިކަން ހަމައަކަށް އަންނާނީ." ޝާޑު ވިދާޅުވިއެވެ.
ޝާޑު އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިހާރު ކަން ހިނގަނީ ސިޔާސީ ޕާޓީތަކުގެ އޮފީހުން ފްލެޓު ލިސްޓު ތައްޔާރުކުރާ ގޮތަށް ކަމަށެވެ. އެއީ އިންސާފެއް ނޫން ކަމަށާއި ފްލެޓުތަކާއި ގޯތި ލިބެންޖެހޭނީ އޭގެ ހައްގުވެރިންނަށް ކަމަށް ޝާޑު ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދު ގޮވައިލަން އިއްޒަތްތެރި ރައީސް، މި މަޖިލީހުން ވަގުތުން ވަގުތަށް ދަފުތަރު އުވައިލަން، ދަފުތަރު އޮވެގެނެއް ނުވޭ، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކީ ބޯހިޔާވަހިކަމަށް، މި ދަންނަވާ ބޯހިޔާވަހިކަމަށް އެޕްލައި ކުރެވޭނެ، އެއީ އަޅުގަނޑުމެންގެ ފައިސާއިން ކޮންމެ ތަނެއްގައި ބިން ހިއްކިޔަސް ހިއްކަނީ، މިއަކަށް އޮންނާކަށް ނުޖެހޭ ވަކި ރަށެއް، ތަފާތު ކުރުމެއް." ޝާޑު ވިދާޅުވިއެވެ.
ދަފުތަރުގެ ނިޒާމަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމެއްގެ ގޮތުގައި ޝާޑު ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދަފުތަރު އުވާލައިފައި އެމީހެއްގެ ރަށަށް އެމީހެއްގެ ރެޖިސްޓްރީ ބަދަލުކުރަންޖެހޭ ކަމަށެވެ. މިހާރު އޮތް ގޮތުން ދަފުތަރުގައި ތިބި މީހުންނަށް އެމީހުންގެ ރަށްރަށުގައި ނަގާ ވޯޓުތަކުގައި ބައިވެރިނުވެވޭ ކަމަށާއި، އަދި ދަފުތަރުގައި ޖެހިފައި ތިބި މީހުންނަށް މާލެއިން ފްލެޓެއް ނުވަތަ ގޯއްޗެއް ވެސް ނުލިބޭ ކަމަށް ޝާޑު ފާހަގަކުރެއްވިއެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު އަނިޔާވެރިކަމެއް ކަމަށް ޝާޑު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު