މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ 4 ވަނަ އިސްލާހަކީ މާލިއްޔަތު ގާނޫނުގެ 46 ވަނަ މާއްދާއާއި ހިލާފު އިސްލާހެއް ކަމަށާއި، މިއީ އުފެދުމުގައިވެސް ބާތިލް އިސްލާހެއް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވީ، މާލިއްޔަތު ގަވާއިދަށް ގެނައި މި އިސްލާހާއި ގުޅޭގޮތުން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ. ޝަމްހީދު ވިދާޅުވީ، މާލިއްޔަތު ގަވާއިދަށް ގެނެސްފައިވާ 4 ވަނަ އިސްލާހުގައި ވަޒީރަކު ބޭނުން މީހަކަށް ބޭނުން ޕްރޮޖެކްޓެއް ދެވިދާނެ ކަމަށާއި، އެ ޕްރޮޖެކްޓެއް އެވޯޑު ކުރުމުގައި އެއްވެސް އިވެލުއޭޝަނެއް ނުވަތަ ގާބިލް ކަމަކަށް ބަލަން ނުޖެހޭނެ ކަމަމަށާ ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން، މި އިސްލާހުގައި ވަޒީރު ބޭނުންފުޅު ޕްރޮޖެކްޓަކަށް އެޑްވާންސް ޕޭމަންޓް ގެރެންޓީ، ޕާފޯމެންސް ގެރެންޓީ ނެތި 15 އިންސައްތަ އާއި ހަމައަށް ފައިސާ ދެވިދާނެ ކަމަށް ލާޒިމްކޮށްފައިވާ ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
މި އިސްލާހުގެ ސަބަބުން ސަރުކާރުގެ ބަޖެޓުން ކުރެވޭ މަސައްކަތްތައް ހިންގުމުގައި ބޮޑެތި މައްސަލަތައް ކުރިމަތިވެ، ކޮރަޕްޝަންގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި އިސްލާހުގެ ދަށުން ޕްރޮޖެކްޓްތައް ބަހާފަ ފެނަކައިގެ ކޮރަޕްޝަންގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތް ކަމަށެވެ.
ޑރ. ޝަމްހީދު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ފާޑުވިދާޅުވެފައެވެ. އޭސީސީއިން މިފަދަ ކަންތައްތަކުގައި ދޭންޖެހޭ ގާނޫނީ ލަފާ ނުދީ، މިކަން ކުރިއަށް ގެންދަން ހަނު ތިބުމަކީ އެ މުއައްސަސާ ފެއިލްވެފައިވާ ކަމުގެ ދަލީލެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން، ދައުލަތުގެ މާލިއްޔަތު ބޭނުންކުރާ ގޮތް ހަރުދަނާކޮށް، ހާމަކަން ބޮޑު ކުރުމަށް އޮތް ގާނޫނީ ހުރަސްތައް ގިނަވެގެންދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު