އަންނަ 2026 ވަނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓަކީ ކުރީ އަހަރުތަކަށްވުރެ ވައްކަމަށް މަގުފަހިކޮށްފައިވާ "ބިޔަ ބޮޑު ބަޖެޓެއް" ކަމަށް މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރާއީ މިހެން ވިދާޅުވީ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އެކްސް (ކުރިން ޓްވިޓަރ) އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކުރީގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު ރާއީ ވިދާޅުވީ 2026 ވަނަ އަހަރަށް މަޖިލީހަށް ހުށަހަޅާ ބަޖެޓަކީ ވެސް ތަފްސީލީ ބަޖެޓަކަށް ނުވާނެ ކަމަށެވެ. ޚާއްސަ ގޮތެއްގައި ދާއިރާތަކަށް، ނުވަތަ ރަށްތަކަށް ބަޖެޓު ކުރެވިފައިވާ ޕްރޮޖެކްޓްތަކާއި އެކަންކަމަށް ކަނޑައެޅިފައިވާ އަދަދުތަކުގެ ތަފްސީލު މި ބަޖެޓުގައި ހިމެނޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރާއީ ވިދާޅުވިއެވެ.
އެކްސް ޕޯސްޓުގައި ރާއީ އިތުރަށް ވިދާޅުވީ، ސުޕަ މެޖޯރިޓީ ވެރިކަން ކުރާ މައިޕާޓީ، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެމްބަރުންނަށް ބަޖެޓު ބަހުސްގައި މިކަންކަން ފާހަގަކުރާކަށް އަމުދުން ނުކެރޭނެ ކަމަށެވެ. މިހެންވެ ރައްޔިތުންގެ އަޑެއް މަޖިލީހުން ނުއިއްވޭނެ ކަމަށް ވިދާޅުވެ ރާއީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިކަންކަމަށް އިޝާރާތް ކުރައްވައި ރާއީ ވިދާޅުވީ، 2026 ވަނަ އަހަރުގެ ބަޖެޓަކީ ކުރީ އަހަރުތަކަށްވުރެ ވައްކަމަށް މަގުފަހިކޮށްފައި އޮތް ބިޔަ ބޮޑު ބަޖެޓެއް ކަމަށެވެ.
އަންނަ އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޖަލްސާ މާދަމާ ބާއްވަން މިހާރު ވަނީ ތާވަލުކޮށްފައެވެ.
މިއަހަރަށް ލަފާކޮށް މަޖިލީހުން މިދިޔަ އަހަރު ފާސްކޮށްފައިވަނީ 56.6 ބިލިޔަން ރުފިޔާ އެވެ. އެ ބަޖެޓުގައި ޕްރޮޖެކްޓް ތަކުގެ ތަފްސީލު ނެތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ވަނީ އެކަމަށް ފާޑުކިޔާފައެވެ. މިދިޔަ އަހަރު ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާ އަށް ވަނީ ބޮޑުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު