މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ޕޮންޒީ ސްކީމެއް ހިންގިކަމަށް ތުހުމަތުކޮށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ޓެކުމުގެ 13 ދައުވާ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު އަނބުރާ ގެންގޮސްފިއެވެ.
އަލްހާން އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދަޢުލަތުން ވަނީ ވަކިވަކިން ޓެކުމުގެ 13 ދައުވާއެއް އުފުލައިފައެވެ.
ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި ގެއްލުންވި 13 ފަރާތަށް ބަދަލު ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުން ބުނެފައިވާ ކަމަށާއި، ފުލުހުންގެ ތަހުގީގަށް ވެސް އެކަން ކަށަވަރުވެފައިވާތީ، ދައުވާތައް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ. މައްސަލަ އަނބުރާ ގެންދަން ނިންމީ، ގެއްލުން ލިބުނު ފަރާތްތަކުގެ އެދުމުގެ މަތިންނާއި، ފައިސާ ލިބިފައިވާކަން ޔަގީންވުމުން ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ، މި މައްސަލައާ ގުޅުންހުރި އެހެން ފަރާތްތަކުގެ ބައިތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ ތަހުގީގުތައް ނިމުމުން، އެ ބައިތަކުގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީން ހާމަކުރިއެވެ. އަދި، މި މައްސަލައިގައި އަދިވެސް ފައިސާ އަނބުރާ ނުލިބިވާ ފަރާތްތަކަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޕީޖީގެ ބަޔާނުގައިވެއެވެ.
މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާ ޙީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑަރކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 13 (ތޭރަ) މީހުންގެ ބައިގައި ދަޢުވާ ކޮށްފައިވަނީ 23 ނޮވެންބަރު 2023 ދުވަހުއެވެ. މިމައްސަލާގައި މ. ފިނިވާގެ 2 ނަންބަރު ބައި، އަލްހާނު ފަހުމީގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ ކޮށްފައިވެއެވެ.
އަދި މ. ފިނިވާގެ 2 ނަންބަރު ބައި، ޞަޙުބާން ފަހުމީގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ ކޮށްފައިވާއިރު ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ ދަޢުލަތުން ކޮށްފައިވެއެވެ.
ޕީޖީން ބުނީ ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 (ނުވަދިހަ އަށެއް) މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށެވެ. މި ސްކީމާއި ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުން ކަމަށާއި އެ ބައިތަކުގެ ތަޙުޤީޤު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށްފަހު، އިތުރު ދަޢުވާތައް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.
އަލްހާންގެ ކުންފުނިން ގިނަ ޢަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގާކަމުގެ މައްސަލަ ފެންމަތިވެގެން ފުލުހުން އެކަން ތަހުގީގު ކުރަން ފެށީ 2022 ވަނަ އަހަރުގެ މާޗް މަހުއެވެ.
ފުލުހުން އޭރު ތުހުމަތުކޮށްފައިވަނީ މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލްހާން ފަހުމީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު