އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް 2026 ބަޖެޓުގައި އަންދާޒާކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. 2026 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ
ޖުމުލަ 64،202،565،720 ރުފިޔާގެ މި ބަޖެޓުގައި، ހިންގައިގެ މައްޗަށް ބިނާކޮށް 2026 ވަނަ އަހަރު ދިވެހި ދައުލަތަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވިފައިވެއެވެ.
ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި، 2026 ވަނަ އަހަރަށް ދިވެހި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވޭ 40.4 ބިލިއަން ރުފިޔާއަކީ، މި އަހަރު (2025) ލިބޭނެ ކަމަށް ލަފާކުރެވުނު 37.9 ބިލިއަން ރުފިޔާގެ އާމްދަނީއަށް އަންނަ 6.6 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ 2025 ވަނަ އަހަރަށް އާމްދަނީ އިތުރުކުރުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކުގެ ފުރިހަމަ އަސަރު 2026 ވަނަ އަހަރުން ފެށިގެން ފެނިގެންދާނެ ކަމަށް ބެލެވޭތީ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގައި ގިނަ ޓެކްސާއި ފީގެ ރޭޓުތަކަށް ބަދަލު ގެނެސްފައިވާއިރު، 2026 ވަނަ އަހަރުގެ ބަޖެޓާ އެކު އާމްދަނީ އިތުރުކުރުމުގެ އިތުރު ސިޔާސަތެއް ހުށަހަޅާފައި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ރާއްޖޭގެ އިޤްތިޞާދީ ދުވެއްޔަށް ހީނަރުކަމެއް އަޔަނުދީ އާރޯކަން ގެނައުމަށްޓަކައި ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިގޮތުން، 2026 ވަނަ އަހަރު ޓެކްސްގެ އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވޭއިރު، ޓެކްސް ނޫން ގޮތުގައި ލިބޭނެ އާމްދަނީ 8.7 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޒަމީރު ވިދާޅުވިއެވެ. މީގެއިތުރުން، ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ބަޖެޓުގައި ލަފާކުރެވިފައިވެއެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާ ކަމަށެވެ. 2026ގެ ބަޖެޓުގައި ރިކަރަންޓް ޚަރަދަށް 39.9 ބިލިއަން ރުފިޔާ ޚަރަދު ކުރަން ނިންމާފައިވާއިރު ކެޕިޓަލް ޚަރަދަށް 9.3 ބިލިއަން ރުފިޔާ ޚަރަދުކުރަން ވަނީ ނިންމާފައެވެ. މިއީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 ޕަސެންޓް އިތުރު މިންވަރެއްކަން މިނިސްޓަރު ޒަމީރު ވަނީ ފާހަަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު