އަންނަ އަހަރު އިގުތިސާދީ ދުވެލި 5.3 ޕަސެންޓް ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މިއަދު ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅާފައެވެ.
ބަޖެޓުގެ ތަފްސީލު ހުށަހަޅުއްވަމުން، މިނިސްޓަރު ޒަމީރު ވިދާޅުވީ އަންނަ އަހަރު އިގުތިސާދީ ކުރިއެރުން 5.3 ޕަސެންޓަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިދިގެން އަންނަ ދެ އަހަރު އިގުތިސާދީ ކުރިއެރުން އެވްރެޖުކޮށް 4.9 ޕަސެންޓުގައި ދެމެހެއްޓޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ބޭނުން ކުރެވެން ފެށުމާއި ސަރަހައްދީ އެއާޕޯޓުތަކަށް ގެނެވުނު ކުރިއެރުމާއެކު، އަންނަ އަހަރާއި މެދުރާސްތާގައިވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާ ގުޅުންހުރި އެހެނިހެން ދާއިރާތައްވެސް ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.4 ޕަސެންޓުގެ ކުރިއެރުމެއް ކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު