ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ހއ. ހޯރަފުށީ ކައުންސިލުން "ޚާއްސަ ޚިދުމަތުގެ އައްޑަނަ" ރޭ އަރުވައިފި އެވެ.
ރައީސް ސާލިޙަށް މިއައްޑަނަ އަރުވާފައިވަނީ ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި، "ހޯރަފުށީ ދުވަސް' ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމީ ޖަލްސާގަ އެވެ. މިރަސްމިއްޔާތުގައި އެމަނިކުފާނަށް މި އެވޯޑް ހަވާލުކޮށްދެއްވީ ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ.
ހޯރަފުށީ ކައުންސިލުން ބުނީ ރައީސް ސާލިޙަށް، ޚާއްޞަ ޚިދުމަތުގެ އައްޑަނަ އަރުވާފައިވަނީ، އެމަނިކުފާނުގެ ސަރުކާރުން ހޯރަފުށީގެ ކުރިއެރުމާ ތަރައްޤީއަށް އަމާޒު ކުރެއްވި، ނުހަނު ގިނަ މަޝްރޫޢުތަކުން ތަރައްޤީގެ ނޫރާނީ، ރަންޒަމާނެއް ހޯރަފުށްޓަށް ގެނެސްދެއްވި ތަރައްޤީގެ ޙަޤީޤީ ބާނީ އަކީ އެމަނިކުފާނު ކަމަށް ވާތީ ކަމަށެވެ.
ރައީިސް ސާލިޙްގެ ވެރިކަމުގައި ހޯރަފުށީގެ އުމުރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އޭގެތެރެއިން އެންމެ މުހިންމު މަޝްރޫޢުގެ ގޮތުގައި ފާހަގަކުރެވެނީ ހޯރަފުށީ އެއާޕޯޓު މަޝްރޫއެވެ.
މީގެ އިތުރުން ހޯރަފުށީގެ މަލަމަތިން ފެންނަ ބަނދަރު މަގުގެ އިތުރުން ޖުމްލަ 11 މަގެއް ތާރު އަޅާ ޒަމާނީ ފެންވަރަށް ކުރީގެ ސަރުކާރުގައި ތަރައްޤީ ކޮށްފައިވެއެވެ. އަދި ހޯރަފުށީގައި އައިސް ޕްލާންޓާއި، ޖުވެނައިލް ޖަސްޓިސް ބިލްޑިންއާ، ވޮލީ ކޯޓާއި، ފުޓުބޯޅަ ދަނޑެއްގެ އިތުރުން، ކޯޓުގެ އާ އިމާރާތަކާއި، ޕްރީ ސްކޫލަކާއި، 3 ޕާކު އަދި ފެރީ ޓާމިނަލެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ކުރީގެ ރައީސް ސާލިޙްގެ ސަރުކާރުން ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު