އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަންފުޅު އޮންނާނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމިން މިހެން ވިދާޅުވީ އެމަނިކުފާނު އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ފުރަތަމަ ގައުމީ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅައި، ބަންދުކުރުމަށް މިހާރުގެ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި، ސަރުކާރުގެ އިސްފަރާތްތަކުން އެމަނިކުފާނުގެ ނަންފުޅު ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތަށް އެކަން ވާނަމަ އެ ވޯޓު ކަރުދާސް ޗާޕުކުރާނީ ރާއްޖޭގައި ނޫންކަމަށް ޔާމިން ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ނަމެއް ވޯޓު ކަރުދާހުގައެއް ނޯންނާނެއޭ. އެހެންވެއްޖެއްޔާ އެ ވޯޓު ކަރުދާސް ދިވެހިރާއްޖެއަކު ނޫން ޗާޕުކުރާނީ، ރައީސް ޔާމީންގެ ނަން އިރާދަކުރެއްވިއްޔާ ވޯޓު ކަރުދާހުގައި އޮންނާނެ." ކުރީގެ ރައީސް ޔާމިން ވިދާޅުވިއެވެ.
ޕީއެންއެފް އުފެދިގެން އައިސްފައިވަނީ، ސިޔާސީ ވެރިންގެ ފެއިލްވުމާ ގުޅިގެން، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޑުއުފުލުމަށް ނުކުޅެދިފައިވާ ދަނޑިވަޅެއްގައި ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ދައުލަތުގެ ފައިސާއިން މީޑިއާތަކަށް ނުފޫޒު ފޯރުވައި، ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށްވާ މީޑިއާ، ސަރުކާރަށް އަޅުވެތިކޮށްފައިވާ ކަމަށެވެ. އަދި، ދައުލަތް ހިންގުމުގެ މުޅި ނިޒާމު ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށާއި މުޅި ޑިމޮކްރެޓިކު ނިޒާމު ދައި މަތި އަޅާ ފުނޑާލައިފައިވާ ކަމަށް ޔާމިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު