އިނގިރޭސިވިލާތުގެ ރަސްގެފާނުގެ ކޮއްކޮ، ޕްރިންސް އެންޑްރޫގެ ޓައިޓަލްތައް، ނުވަތަ ލަގަބުތައް ނިގުޅައިގަތުމަށްފަހު، ވިލްޑްސަރގައި ހުރި އޭނާގެ ގަނޑުވަރުންވެސް އޭނާ ނެރެފައިވާ ކަމަށް ބަކިންހަމް ޕެލެސް އިން ބުނެފިއެވެ.
ކިންގްސް ޗާލްސް މި ފިޔަވަޅުތައް އަޅާފައި މިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި ހައްޔަރުކުރި ޖެފްރީ އެޕްސްޓެއިން އާއި އޭނާއާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭތީ އޭނާއަށް އަދަބުދީ، ރޯޔަލް އާއިލާއާ އެންޑްރޫ ދުރު ކުރުމުގެ ގޮތުންނެވެ.
65 އަހަރުގެ އެންޑްރޫއަށް އޭނާގެ އުޅުމާއި، އެޕްސްޓެއިން އާއި އޮތް ގުޅުމުގެ ސަބަބުން ގިނަ ޕްރެޝަރުތަކެއް ކުރިމަތިވެފައިވާއިރު، މި މަހު ކުރީކޮޅު "ޑިއުކް އޮފް ޔޯކް" ގެ ޓައިޓަލް ބޭނުން ކުރުންވެސް އޭނާއަށް ވަނީ މަނާ ކޮށްފައެެވެ.
އަދި އެންޑްރޫއާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރައްވައި، އޭނާގެ ހުރިހާ މަަގާމުތަކެއް ޗާރލްސް ވަނީ ނިގުޅައިގެންފައެވެ. އެހެންކަމުން އޭނާ ދެން ބޭނުންކުރަން ޖެހޭނީ އެންޑްރޫ މައުންޓްބެޓަން ވިންޑްސަރގެ ނަމެވެ.
ބަކިންހަމް ޕެލެސް އިން ނެރުނު ބަޔާނެއްގައި ބުނީ ލަންޑަންގެ ހުޅަނގަށް ވާގޮތަށް ވިންޑްސަރ އެސްޓޭޓްގައި ހުރި އެންޑްރޫގެ ލޮޖް ގަނޑުވަރުގެ ކުލި އެއްބަސްވުން ދޫކޮށްލުމަށް އެންޑްރޫއަށް ރަސްމީކޮށް އަންގާފައިވާ ކަމަށެވެ. އެެއަށްފަހު އޭނާ ދެން ބަދަލުވާނީ އިނގިރޭސިވިލާތުގެ އިރުމައްޗަށް ވާގޮތަށް ސޭންޑްރިންހަމް އެސްޓޭޓްގައި ހުންނަ އެހެން ޕްރައިވެޓް ތަނަކަށް ކަމަށް ބަކިންހަމް ޕެލެސް އިން ވަނީ ބުނެފައެވެ.
މި ނިންމެވުމަކީ ތާރީޚުގެ ތެރޭގައި ބްރިޓިޝް ރޯޔަލް އާއިލާގެ މެންބަރަކާ ދެކޮޅަށް އެޅުނު އެންމެ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ބަކިންހަމް ޕެލެސް އިން ބުނީ އެންޑްރޫއާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް އޭނާ ތަކުރާރުކޮށް ދޮގުކުރަމުން ދިޔަނަމަވެސް، މިފަދަ ފިޔަވަޅުތައް އެޅުން މަޖުބޫރުކަމަށް ދެކޭކަމަށެވެ. އަދި ހުރިހާ ބާވަތެއްގެ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާއި އެފަދަ ކަންކަމުން ސަލާމަތްވި ފަރާތްތަކަށް ޝާހީ އާއިލާގެ ހަމްދަރުދީ އާއި، އެހީތެރިކަން ލިބޭނެ ކަމަށް ބަކިންގްހަމް ޕެލެސް އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު