މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ޖެހޭ ބަލިތަޖުގެ ތެރެއިން އެންމެ އާންމު އެއް ބައްޔަކީ ޑަޔަބެޓީސް ނުވަތަ ހަކުރު ބައްޔެވެ. ޑަޔަބެޓީސް އަށް މަގުފަހިކޮށްދޭ އެއް ހާލަތަކީ "ޕްރީ ޑައިބެޓީސް" އެވެ. މިއީ ހަކުރު ބައްޔަށް ވެއްޓުމުގެ ކުރިން އަންނަ އިންޒާރެކެވެ. ނަމަވެސް، ހަކުރު ބައްޔާ ހިލާފަށް، ޕްރީ-ޑަޔަބެޓީސް އަކީ މުޅިން ރަނގަޅުކުރެވޭނެ ހާލަތެކެވެ. މިފަހަރު މި ހިމަނާލަނީ ޕްރީ-ޑަޔަބެޓީސް އަކީ ކޮބައިކަމާއި، އެ ހާލަތުން މިންޖުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކެވެ.
ޕްރީ-ޑަޔަބެޓީސް އަކީ ހަށިގަނޑުގައި ހަކުރުގެ މިންވަރު އާދަޔާ ހިލާފަށް މަތިވެފައި ހުރި ނަމަވެސް، ޓައިޕް 2 ޑަޔަބެޓީސް ކަމަށް ކަނޑައެޅޭ ވަރަށް މަތިނުވާ ހާލަތެކެވެ. މާނައަކީ، ބޭސްފަރުވާއެއް ނުކުރާނަމަ ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ނުގެނެސްފިނަމަ، ޓައިޕް 2 ޑަޔަބެޓީސް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދާނެއެވެ. މި ހާލަތުގައި ހަށިގަނޑުގެ ސެލްތަކުން އިންސިއުލިން ރެސިސްޓު ވުމުގެ ސަބަބުން ލޭގައި ހަކުރުގެ މިންވަރު މަތިވެއެވެ. މި ހާލަތު އަވަހަށް ދެނެގަނެވިއްޖެނަމަ، ޑަޔަބެޓީސް އަށް ވެއްޓުމުން ރައްކާތެރިވުމުގެ ރަނގަޅު ފުރުސަތެއް ލިބިގެންދާނެއެވެ.
ޕްރީ-ޑަޔަބެޓީސް ރިވާސް ކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ ކެއުމުގއ އާދަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމެވެ. ސިއްހަތަށް ފައިދާހުރި ކާނާއަށް އިސްކަންދޭންވާނެއެވެ. އެގޮތުން، ތަރުކާރީ، މޭވާ، ގުޅަގަނޑު، ދޮންކެޔޮ، ގޮވާން ވައްތަރުގެ ކާނާތަކަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަކުރު އެކުލެވޭ ބުއިންތަކާއި، ފިނި ކާތަކެތި، އަދި ތެލުލި ކާތަކެތި މަދުކުރަން ޖެހެއެވެ. ބަދަލުގައި، ފައިބާ ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުމަކީ ހަށިގަނޑުގައި ހަކުރު ހިފެހެއްޓުމަށް އެހީވެދޭނެ ކަމެކެވެ.
މަދުވެގެން ހަފްތާއަކު 150 މިނިޓު ނުވަތަ ދުވާލަކު 30 މިނިޓު މަޑު ގޮތަކަށް ނުވަތަ އަވަސް ގޮތަކަށް ކަސްރަތު ކުރުމަކީ ލޭގައި ހަކުރުގެ މިންވަރު ދަށްކޮށް، ހަށިގަނޑުން އިންސިއުލިން ބޭނުން ކުރާ ގޮތް ރަނގަޅުކޮށްދޭ ކަމެކެވެ. ހިނގާލުން، ދުވުން، ފެތުން، ސައިކަލު ދުއްވުން ފަދަ ކަސްރަތުތަކަކީ ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލް ކުރުމަށް ވެސް އެހީތެރިވެދޭނެ ކަންކަމެވެ. މީގެ އިތުރުން މަސްގަނޑު ވަރުގަދަކުރާ ކަސްރަތުތައް ވެސް ހަފްތާއަކު ދެ ފަހަރު ކުރުމަކީ ފައިދާހުރި ކަމެކެވެ.
ދުވާލަކު 7-8 ގަޑިއިރު ނިދުމަކީ ހަށިގަނޑުގެ ހޯމޯނުތައް ހަމަހަމަވެ، ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނިދި މަދުވުމަކީ އިންސިއުލިންގެ މަސައްކަތަށް ބުރޫއެރުވައި، ހަކުރު މަތިވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
ޕްރީ-ޑަޔަބެޓީސް ހުރިކަން އެނގުމުން، ޑޮކްޓަރާއި ގަވާއިދުން މަޝްވަރާކޮށް، ލޭގައި ހަކުރުގެ މިންވަރު ބަލަމުން ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމުން އަރައިގަތުމަށްޓަކައި ޑޮކްޓަރުންގެ އެހީތެރިކަމާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމަކީ އެންމެ ރަނގަޅު ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު