ދުޅަހެޔޮ ޖީލެއް ލިބުމަކީ އުފެއްދުންތެރިކަން އިތުރުވެ ކުރިއަށް ދިއުމަށް ލިބޭ ފުރުސަތެއް ކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ، 2007 ގެ ފަހުން އުފަންވި ކުދިންނަށް ރާއްޖޭގައި މިއަދުން ފެށިގެން ދުންފަތް ބޭނުންކުރުން ޤާނޫނުން މަނާކުރުން ތަންފީޒުކުރަން ފެށުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ވަޒީރު ސަޢީދު މިއަދު ވިދާޅުވީ، މިއީ ރައީސް ޑރ. މުޢިއްޒު ނިންމެވި ތާރީޚީ އަދި ހިއްވަރުގަދަ ނިންމެވުމެއް ކަމަށެވެ. އަދި ޤައުމަކަށް ސިއްޙީގޮތުން ދުޅަހެޔޮ ޖީލެއް ލިބިފައިވުމަކީ އެޤައުމެއްގެ އުފެއްދުންތެރިކަން އިތުރުވެ ތަރައްޤީގެ ގޮތުން ކުރިއަރާ ދިއުމަށް ލިބިގެންދާ ފަހިފުރުސަތެއް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
"ރައްޔިތުން އިންތިހާބުކުރާ ވެރީންނަކީ ދުރަށް ވިސްނާ، ޢާއްމު މަންފާ އިސްކޮށް، ޤައުމީ މަސްލަޙަތު ކުރިއަށް ނެރޭ ބަޔަކަށް ވާންވާނެ." ވަޒީރު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ވަޒީރު ވިދާޅުވީ، އިޖުތިމާޢީ މިފަދަ އެތައް ކަމަކަށް އިސްލާޙީ ފިޔަވަޅު އަޅުއްވަމުން ޤައުމު ބިނާކުރުމަށް ރައީސް ޑރ. މުޢިއްޒު ކުރަށްވާ ޤައުމީ މަސައްކަތްޕުޅުގައި ކާމިޔާބު މިންވަރު ކުރެއްވުން އެދި ދުޢާ ކުރަށްވާ ކަމަށެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، މިއަދު ރާއްޖޭގައި ތަންފީޒުކުރަން ފެށި އެންމެ މުހިންމު އެއްކަމަކީ 2007 ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން މިއަދުން ފެށިގެން ތަންފީޒުވާން ފެށުން ކަމަށެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކުލަވާލި ގާނޫނެކެވެ. މި ގާނޫނުގެ ދަށުން ޖެނުއަރީ 1، 2007 ގައި ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވުމުގެ އިތުރުން، އެ ކުދިންނަށް ދުންފަތް ވިއްކުމާއި އިސްތިހާރު ކުރުމާއި ދިނުން ވެސް ވަނީ މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު