މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް-
މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް-
މި ފަރުވާ ކުޑަ ނާގާބިލު ސަރުކާރުން ދަނީ ގޯތި ދިނުން ލަސްކޮށް ރައްޔިތުންނަށް އަނިޔާވެރި ވަމުން ކަމަށް މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފައި މިވަނީ ފާއިތުވި އެމްޑީޕީ ސަރުކާރުން މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތްކުރަންފެށި ފްލެޓުތަކާއި ގޯތިތައް އޭގެ ހައްގުވެރިންނާ ހަވާލުކުރުން ލަސްކުރަމުންދާތީ އެކަމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

އެގޮތުން މޭޔަރ އާޒިމް ވިދާޅުވީ މާލޭ ރައްޔިތުންނަށް އެމްޑީޕީ ސަރުކާރުން ދީފައިވާ ގޯއްޗާއި، ފްލެޓްތައް އެދިންތާކުން ދިން ވަރަކައް ދޭންޖެހޭނެ ކަމަށާއި، އެ ނުވެސް އަތުލެވޭނެ ކަމަށެވެ.

ދަފްތަރުގައާއި ކުދި ފްލެޓުތަކުގައި ތިބި ރައްޔިތުންނަށް ގޯތިދޭން ނިންމާއިފައިވާ އުތުރުތިލަފަޅުން އެފަރާތްތަކަށް ގޯތި ދިނުން އަވަސް ކުރުމަށްވެސް މޭޔަރގެ ޕޯސްޓުގައި ވަނީ ގޮވާލައްވާފައެވެ،

މޭޔަރ އާޒިމް ވިދާޅުވީ އިޖްތިމާއީ މައްސަލަތައް މިހާބޮޑުވެފައިވަނީ ރަނގަޅު ބޯހިޔާވަހިކަމެއް ނުލިބި ދަތިހާލުގަ އުޅެންޖެހިފައި އޮތުމުންކަން ނޭނގޭ އެކަކުވެސް ނެތް ކަމަށެވެ.

"ފަރުވާކުޑަ ނާގާބިލް ސަރުކާރަކުން ދަނީ ގޯތި އަދި ފްލެޓް ދިނުން ލަސްކޮށް ރައްޔިތުންނަށް އަނިޔާވިރި ވަމުން" މޭޔަރ ވިދާޅުވިއެވެ.

މޭޔަރ އާޒިމް މިހެން ވިދާޅުވެފައި ވާއިރު ރޭ އެމްޑީޕީން ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ބޭއްވި އިހުތިޖާޖުގައި ވަނީ ސަރުކާރަށް 6 ޑިމާންޑެއް ކޮށްފައެވެ. އަދި މި ޑިމާންޑުތަކަށް އަމަލު ކުރުމަށް މިމަހު 17 އާ ހަމައަށް ވަނީ ވަގުތުވެސް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު