އީރާންގެ ފޮރިން މިނިސްޓަރ-
އީރާންގެ ފޮރިން މިނިސްޓަރ-
އީރާނުން އޮތީ ހަނގުރާމައަކަށް ފުރިހަމައަށް ތައްޔާރަށް ކަމަށް އެގައުމުން ބުނެފިއެވެ.

އަލް ޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި އީރާންގެ ފޮރިން މިނިސްޓަރ ޢައްބާސް ޢަރަގްޗީ ވިދާޅުވަނީ މީގެ ކުރިން ދުވަހަކުވެސް ހަނގުރާމައަކަށް އީރާން ތައްޔާރު ވެފައި ނުވާ މިންވަރަށް އީރާން މިހާރު ވަނީ ހަނގުރާމައަށް ތައްޔާރު ވެފައި ކަމަށެވެ.

އަދި އިޒްރޭލުން ހަނގުރާމަ ނުކުރާނެ ކަމަށް ދޭ ޔަޤީންކަމަށް އީރާނުން އިތުބާރު ނުކުރާކަމަށާއި، އީރާނަށް އިޒްރޭލުން ދިން ހަމަލަ ދީފައި ވަނީ އެމެރިކާއިން އެކަމަށް ހުއްދަ ދިނުމުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަރާގްޗީ ވިދާޅުވި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ނޫޅޭ ކަމަށާއި ނަމަވެސް ސިޔާދަތީ ގައުމެއްގެ ހައިސިއްޔަތުން އީރާނުގެ ނިއުކްލިއަރ ހައްޤުތައް ރައްކާތެރިކުރުމަށް ތެހެރާން ތައްޔާރަށް އޮތް ކަމަށެވެ. އަދި އިންސާފުވެރި މަޝްވަރާތަކަށް ތެހެރާން ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"އީރާނަކީ ސުލްޙައަށް ލޯބިކުރާ ޤައުމެއް އެހެންނަމަވެސް، އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އައިސްފާނެ ކޮންމެ ނުރައްކަލަކާ ދެކޮޅަށް ދިފާއީ ހާލަތުގައި ތިބި ކަމަށާއި މިފެންވަރަށް މީގެ ކުރިން ތައްޔާރު ވެފައި ނުވާނެ" އަރަގްޗީ ވިދާޅުވިއެވެ.

އަރަކްޗީ ވިދާޅުވީ އެމެރިކާއިން ބޮން އެޅުމުންވެސް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި އީރާނުން ނިއުކްލިއަރ މަޝްވަރާގައި ބައިވެރިވާނީ، ދެފަރާތުގެ މަސްލަހަތުތައް ކަށަވަރުކޮށްދޭ ގޮތަށް ކަމަށާއި އެފަދަ މާހައުލެއްގައި މަޝްވަރާ ކުރުމަށް އީރާން ތައްޔާރަށް އޮތްކަމަށް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް