ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެމްބަރު 3، ގެ ޝަރަފުގެ ހާއްސަ އައްޑަނަ މިއަދު އަރުވައިފި އެވެ.
ނަސްރުގެ ދުވަހާއި ގުޅިގެން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މައުމޫނަށް އެ އައްޑަނަ ހަވާލު ކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސް މައުމޫނަށް ހާއްސަ އައްޑަނަ އެރުވީ ނޮވެމްބަރު 3، 1988، ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ނާކާމިޔާބުކުރުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާ ގުޅިގެން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
މި ރަސްމިއްޔާތުގައި ރައީސް މައުމޫނުގެ ދަރިކަލުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އާއި ދުންޏާ މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިޖަލްސާގެ ތެރެއިން ނޮވެމްބަރު 3، ގައި ޝަހީދުވި ސިފައިންނާއި އާންމުންގެ ހަނދާނުގައި އެ ސިފައިންގެ އާއިލާތަކަށް ވެސް ހާއްސަ އައްޑަނައެއް ވަނީ ދީފައެވެ. އެ ހުރިހާ އާއިލާތަކަށް އައްޑަނަ ހަވާލު ކޮށްދެއްވީ ރައީސް ޑރ. މުއިއްޒު އެވެ.

ކިޔުންތެރިންގެ ހިޔާލު