ދިވެހި ގައުމު އެންމެ ބޮޑަށް ދިފާޢު ކުރެވޭނީ އެމީހެއްގެ އަތުގައި އޮތް މޯބައިލް ފޯނުން ކަމަށާއި ކޮންމެ މީހެއްގެ ވިސްނުން ގައުމާއި އެއްކޮޅަށް ބަހައްޓަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހާ ގުޅިގެން މިއަދު ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިޒަމާނުގައި ޤައުމެއް ދިފާޢުކުރެވޭނީ ހަމައެކަނި ހަތިޔާރާއި ސިފައިންނަކުން ނޫން ކަމަށާއި، ކޮންމެ ދިވެހި ރައްޔިތެއްގެ އަތުގައި އޮންނަ ފޯނަކީ ވެސް ޤައުމު ދިފާޢުކުރުމުގެ ވަރުގަދަ ހަތިޔާރެއް ކަމަށެވެ. ރައީސް ވިދާޅުވީ ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ވަރުގަދަ ޙިމާޔަތެއްގައި އޮންނާނީ އެ ޤައުމެއްގެ ކޮންމެ ފަރުދެއްގެ ވިސްނުން ވެސް ޤައުމާ އެއްކޮޅަށް ބަހައްޓައިގެން ކުރިއަށް ދާނަމަ ކަމަށެވެ. އަދި ޤައުމެއް ބިނާވެފައި އޮންނަނީ އެ ޤައުމެއްގެ ރައްޔިތުންގެ މައްޗަށް ކަމަށާއި، ސަރުކާރަކުން ޢުމްރާނީ ތަރައްޤީތައް ގެނެސް ކުރިއެރުންތައް ހޯދައިދިނުމުން ވެސް، ރައްޔިތުންގެ ސިކުނޑީގެ ވިސްނުން ޤައުމާ އެއްކޮޅަށް ބޭނުން ނުކުރާނަމަ، އެ ތަރައްޤީއެއްގެ ބޭނުމެއް ނޯންނާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިސާލެއްގެ ގޮތުން ރައީސް ވިދާޅުވީ، ފަތުރުވެރިކަން ނައްތާލުމަށް، ދިވެހިންގެ ބައެއް ބޭފުޅުން ބައިވެރިވެގެން ބަޔަކު ކަންތައްތަކެއް ކުރަމުންދާ ކަން ފެނިދާނެ ކަމަށެވެ. ނަމަވެސް، ކޮންމެ ރައްޔިތެއް ޤައުމާ އެއްކޮޅަށް ވިސްނައި، އަތުގައި އޮންނަ ފޯނު ބޭނުންކޮށްގެން، މީސް މީޑިއާގެ ޙަޤީޤަތްތައް ބޭނުންކޮށްފިނަމަ، މިފަދަ ހުރިހާ ހަމަލާތަކެއް އިސާހިތަކު ނައްތާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވި ގޮތުގައި، މިހާރު ޤައުމުތައް އަޅުވެތި ކުރަން އަންނަނީ ހަތިޔާރު ހިފައިގެން ކުރިމަތިލާ އޭރުގައި އެކަން ކުރި ގޮތަކަށް ނޫނެވެ. މިއަދުގެ ޓެކްނޮލޮޖީގެ ޒަމާނުގައި، ޣާފިލުވެ ތިއްބާ ނޭނގި މިނިވަންކަން ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިވަންތަކަމާއި، އިސްލާމްދީނަށް ތަބާވެގެން ތިބޭ ބަޔަކު ކަމާއި، އެއްބަހަކުން ވާހަކަ ދައްކާ، އެއްނަސްލަކަށް ނިސްބަތްވާ ބަޔަކު ކަމުގެ އެއްބައިވަންތަކަން ގެއްލުވާލުމަކީ ކަނޑިއާއި ބަޑިހިފައިގެން އައިސް ކުރާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިޤްތިޞާދީ މިނިވަންކަން ނިގުޅައިގަތުމަކީ ވެސް މިހާރު ފަސޭހަ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިކަންކަމުން ރައްކާތެރިވުމަށްޓަކައި، އިޤްތިޞާދީ މިނިވަންކަން ޤާއިމުވުމަކީ ޤައުމަށް ފުރިހަމަ މިނިވަންކަން ލިބިގެން ދިއުމުގައި މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި، ކޮންމެ ދިވެއްސަކީ ފަޚުރުވެރި މަދު ދިވެއްސެއްކަން ޤަބޫލުކޮށް، ދިވެހިވަންތަކަމަށް އިސްކަންދޭން ޖެހޭ ކަމަށާއި، އިސްލާމްދީނަކީ އަޅުގަނޑުމެންނަށް ލިބިފައި އޮތް އެންމެ މަތިވެރި ނިޢުމަތް ކަމަށް ޤަބޫލުކޮށް، އެދީނުގައި އޮތް ގޮތަށް ޢަމަލާ ބަސް އަބަދުވެސް ދިމާވާންޖެހޭނެ ކަމަށް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.ރައީސް ވިދާޅުވީ، ކާބަފައިން މި ގެނެސްދީފައިވާ މަތިވެރި ޤައުމު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ޒުވާނުންނަށާއި ތުއްތު ކުދިންނަށް ޤުރުބާނީތަކުގެ ވާހަކަ ކިޔައިދޭން ޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ތިމަންނަގެ ފަރާތުން ވެސް މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ޙިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާއެއް އޮތް ކަމާއި، އެކަން ކުރެވޭނެ ކަމާއި، އެއީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ފަޚުރެއް އަދި ޒިންމާއެއް ކަމުގައި ދެކެންޖެހޭ ކަމަށެވެ.
"ކޮންމެ މީހަކަށް ތަމްރީނުދީގެން ހަތިޔާރެއް ނުދެވޭނެ. އެހެންނަމަވެސް ކޮންމެ މީހެއް އަތުގައި ވެސް އެންމެ ބާރުގަދަ ހަތިޔާރު އެބަ އޮތް، އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ ސިކުނޑި، ވިސްނުން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮންމެ މީހެއްގެ ވިސްނުން ޤައުމާ އެއްކޮޅަށް ބޭނުންކުރަން ޢަޒުމު ކަނޑައަޅައި، އެގޮތުގައި ރެއާއި ދުވާލު ހިތުގެ އަޑިން ޤައުމުދެކެ ލޯބިވެ، ކަންކަން ކުރަން މަސައްކަތް ކުރާ ހިނދަކު، މި ޤައުމާ މެދުގައި ކަންބޮޑުވާކަށް ނުޖެހޭނެ ކަމަށެވެ.އެމަނިކުފާނު ވިދާޅުވީ، އޭރުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު އަބަދުވެސް ޙިމާޔަތްވެފައި އޮންނާނެ ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި، މީގެ ކުރިން ޤައުމުގެ މިނިވަންކަން ނަގައިލީ ވެސް ދިވެހިންގެ ބަޔަކު ބޭރުގެ ކޮންމެވެސް ބަޔަކާ ބައިވެރިވެގެން ކަމަށް ރައީސް މުޢިއްޒު ހަނދާންކޮށްދެއްވާފައެވެ

ކިޔުންތެރިންގެ ހިޔާލު