މަސައްކަތްތެރިންގެ ސަލާމަތަށް އިސްކަން ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ރައީސް މުޢިއްޒު މިކަމަށް އިލްތިމާސްކުރެއްވީ މިދިޔަ އާދީއްތަ ދުވަހު އެމްޕީއެލްގެ މާލޭ ބަނދަރު ސަރަހައްދާ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ދެ މީހަކު މަރުވި ހާދިސާ އާއި ގުޅިގެންނެވެ. މިހާދިސާގައި މަރުވީ ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ މިހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި މިހިތާމަވެރި ހާދިސާގައި އަނިޔާވި އެހެން ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް މުޢިއްޒު ވަނީ މަސައްކަތުގެ މިފަދަ ކޮންމެ މާޙައުލެއްގައިވެސް، މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދިނުމަށް އިލްތިމާސްކުރައްވާފަ އެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލައި ދެ މީހަކު ނިޔާވި ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާއިރު އެކަމާ ގުޅޭ އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ވަނީ ފަށައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު