ގުރޫޕަކާ ނުލައި ވަކިން، އަގުހެޔޮކޮށް އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާ މިނިސްޓްރީން ޚާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފިއެވެ.
"ނުސޫކު އުމްރާ"ގެ ނަމުގައި ސައޫދީގެ ހައްޖާއި އުމްރާ މިނިސްޓްރީން ލޯންޗްކުރި މި ޚިދުމަތާއެކު، ކޮންމެހެން ސީދާ އެމްބަސީއަށް ނުގޮސް އޮންލައިންކޮށް އެ މީހަކަށް ފަސޭހަ ޕެކޭޖެއް ނެގޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ.
މި ޚިދުމަތުގެ ބޭނުންހިފާ ފަރާތްތަކުގެ އުމްރާއަށް ދާ މީހުންގެ ކަންކަން ސައޫދީގެ ހައްޖާއި އުމްރާ މިނިސްޓްރީން ބެލެހެއްޓުމުގެ އިތުރުން، އެ މީހުންނަށް އިންޝުއަރެންސް ލިބޭނެ ކަމަށް، އެ މިނިސްޓްރީން ބުނެއެވެ.
"ނުސޫކް އުމްރާ"ގެ ވެބްސައިޓުގައި ބުނެފައިވަނީ ސައޫދީއަށް އުމްރާއަށް ގޮސް އެ ގައުމުން ފުރުމާ ހަމައަށް އުމްރާވެރިންނަށް ރައްކާތެރިކަންދީ، ތަފާތު ތަޖުރިބާއެއް ލިއްބައިދޭނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އެގޮތުން ކުޑަ ޚަރަދަކުން ވިސާއާއި ހުރުމާއި ދުވާލުގެ ކެއުމާއި ދަތުރުފަތުރާއި ތަންތަނަށް ޒިޔާރަތްކުރުމުގެ ކަންކަން ހަމަޖެހިގެން ދާނެކަމަށް އެ ވެބްސައިޓްގައި ބުނެފައިވެއެވެ.
މި ގޮތަށް އުމުރާ އަށް ދިއުމަށް އެންމެ ފުރަތަމަ ޖެހޭނީ ނުސޫކް އުމްރާގެ ވެބްސައިޓަށް ވަދެ ރަޖިސްޓްރީކޮށްލަންޖެހެއެވެ. އެގޮތުން އެ މީހަކު މިހާރު ދިރިއުޅޭ ގައުމާއި ނިސްބަތްވާ ގައުމާއި އީމެއިލް އެޑްރެސް ދީ ރަޖިސްޓާކޮށްލުމުން އެވަގުތު ނެގެން ހުރި ޕެކޭޖުތަކުގެ މައުލޫމާތު ވެބްސައިޓުން ފެންނާނެ ކަމަށް "ނުސޫކް އުމްރާ" އިން ބުނެއެވެ.
ނުސޫކު އުމްރާގެ ބައެއް ތަފްސީލުތައް
އަލަށް ތަޢާރަފުކޮށްފައިވާ ނުސޫކު ޕްލެޓްފޯމު މެދުވެރިކޮށް އުމްރާގެ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ފަސޭހަތަކެއް ގެނެސްދީފައިވެއެވެ. މި ޚިދުމަތުގެ ދަށުން، އުމްރާ ދަތުރު ރާވައި ހިންގުމުގައި ގިނަ ފުރުސަތުތަކާއި އިޚްތިޔާރުތަކެއް ލިބިގެންދެއެވެ. ތިރީގައި މިވަނީ ނުސޫކު އުމްރާގެ ބައެއް ތަފްސީލުތަކެވެ.
ވިސާ އަދި ޕެކޭޖުތައް:
ނުސޫކު އުމްރާ މެދުވެރިކޮށް، ވިސާއާއެކު ނުވަތަ ވިސާ ނުހިމަނައިވެސް އުމްރާގެ ޕެކޭޖުތައް ހޯދޭނެއެވެ. ޖުމްލަ 65 ޕެކޭޖުގެ ތެރެއިން ބޭނުން ޕެކޭޖެއް އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބިގެންވެއެވެ.
ޕެކޭޖުތަކުގެ އަގު:
މި ޕެކޭޖުތަކުގެ އަގުތައް ދެމެދުގައި ހުންނަނީ 2،500 ސައޫދީ ރިޔާލު (10،269.08 ދިވެހި ރުފިޔާ)އިން 14،573.60 ސައޫދީ ރިޔާލު (59،863 ދިވެހި ރުފިޔާ)އާ ދެމެދުގެ އަދަދެއްގައެވެ.
ޕެކޭޖު ނެގޭނެ މީހުންގެ އަދަދު:
އެއްފަހަރާ ޕެކޭޖެއް ނެގޭނެ އެންމެ މަދު އަދަދަކީ އެއް މީހާއެވެ. އަދި އެއްފަހަރާ ޕެކޭޖެއް ނެގޭނެ އެންމެ ގިނަ އަދަދަކީ އަށް މީހުންނެވެ.
ދަތުރުގެ މުއްދަތު:
ޕެކޭޖުތަކުގެ މުއްދަތުތައް ފަސް ދުވަހުން ފެށިގެން ތިން ހަފްތާއާ ދެމެދުގައި ހުރެއެވެ.
މަޑުކުރެވޭނެ ތަންތަން:
އުމްރާގެ މި ދަތުރުގައި، ހަމައެކަނި މައްކާގައި މަޑުކުރުމުގެ އިތުރުން، މައްކާއާއި މަދީނާ ދެކޮޅުގައިވެސް މަޑުކުރުމުގެ ފުރުސަތު ލިބިގެންވެއެވެ.
ޚިދުމަތްދޭ ޖަމާޢަތްތައް:
މި ޚިދުމަތް ދިނުމަށް ސައޫދީ ޢަރަބިއްޔާގެ 15 ޖަމާޢަތަކުން ހަރަކާތްތެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު