މާލޭ، މާފަންނު ގެއެއްގެ ސިޑި ގޮޅިއަށް ވެއްޓުނު މީހަކު މިއަދު މަރުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މާފަންނުގައި ހުންނަ ގެއެއްގެ 6 ވަނަ ފަންގިފިލާއިން އެގޭ ސިޑި ގޮޅިއަށް މީހަކު ވެއްޓިފައިވާކަމުގެ ރިޕޯޓް މިރޭ 18:29 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި ސިޑި ގޮޅިއަށް ވެއްޓުނީ ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާ ވެއްޓެން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި ސިޑިގޮޅިން ވެއްޓުނު މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.

ފުލުހުން ބުނީ މަރުވި މީހާ އަކީ އުމުރުން 47 އަހަރުގެ، ބަންގްލާދޭޝް މީހެއް ކަމަށެވެ.

ފުލުހުން ގެންދަނީ މިމައްސަަލަ ތަހުޤީޤުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް