ބޭންކް އޮފް މޯލްޑިވްސްއިން ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށްފިއެވެ.
ފުވައްމުލަކު ސިޓީގެ ޑޮލަރު އޭޓީއެމް ހުޅުއްވައި ދެއްވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒެވެ.
ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވުމަކީ އެ ބޭންކުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބުމަށް އިތުރު ފުރުޞަތެއް ހުޅުވިގެން ދިޔުން ކަމަށެވެ.
މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކް އޮފް މޯލްޑިވްސްގެ 42 ބްރާންޗް، 202 ސެލްފް ސަރވިސް ސެންޓަރ އަދި 260 އޭޓީއެމް ޤާއިމުކުރެވިފައިވާ ކަމަށް ގައުމީ ބޭންކުން ބުންޏެވެ.
މީގެ އިތުރުން، އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތަކާއެކު އަމާޒަކީ އަފްރާދުންނާއި ވިޔަފާރިތަކަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު