އެމަނިކުފާނު އިސްކަންދެއްވަނީ ޕޮޕިއުލަރ ކަންކަން ކުރައްވަން ނޫން ކަމަށާއި، ބަދަލުގައި މުޅި ޤައުމަށް ފައިދާހުރި ރަނގަޅު ކަންކަން ކުރެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ގެންދިއުމަށްޓަކައި ރައްޔިތުންނާ އެކީ އޮތް ރައްޔިތުންގެ ސަރުކާރެއް ކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުންނަށް ހެޔޮވާ ގޮތަށް ސަރުކާރުން ކަންކަން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާތަނަށް ވެސް ސަރުކާރުން ކަންކަން ކުރަމުން އައި ގޮތަށް، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައްޔިތުންނަށް ލާބަޔާ ފައިދާހުރި ގޮތަކަށް ވަޢުދުތައް ފުއްދަމުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެެ.
އެމަނިކުފާނު ވިދާޅުވީ ބައެއް ކަންކަމަކީ އޭގެ ސަބަބުން ބައެއް ފަރާތްތަކުގެ ހިތްހަމަނުޖެހުން ހުރެދާނެ ކަންތައްތައް ކަމަށެވެ. އެހެންނަމަވެސް، ޖުމްލަކޮށް މުޅި ޤައުމަށް ފައިދާވާނެ ކަންކަން އިސްކުރައްވައި، ރަނގަޅު ކަންކަން ކުރެއްވުމަށް އިސްކަންދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޕޮޕިއުލަރ ކަންކަން ކުރާނަމަ، ފަސޭހަ ގޮތް ޚިޔާރުކޮށްގެން ކުރީގެ ސަރުކާރުތަކުން ހެދި ގޮތަށް ތިބެވިދާނެ ކަމަށާއި، ވޭޕް މަނާކުރާނެ ކަމެއް ނެތް ކަމަށާއި، ޖެނެރޭޝަނަލް ބޭން ވެސް ގެންނާނެ ކަމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ހުރި އެއްވެސް ކަމެއް ނުކުރަންވީ އެހެން ނޫން. އަޅުގަނޑުގެ އުސޫލަކީ، ސިޔާސަތަކީ އިޚުލާޞްތެރިކަމާ އެކީގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ކަންތައްތައް ކުރިއަށް ގެންދިއުން. ރަނގަޅު ގޮތް އިސްކުރުން،" ރައީސް ވިދާޅުވިއެވެ.
އެގޮތުން، ޒުވާނުންނަށް ސިނގިރޭޓާއި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމާއި، މުޅި އާބާދީއަށް ވޭޕް މަނާކުރެއްވީ ޞިއްޙަތު ސަލާމަތްކޮށްދިނުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. ޞިއްޙަތަށް ކުރާ ހޭދައަކީ އިންވެސްޓްމަންޓެއް ކަމަށާއި، މި އިންވެސްޓްމަންޓުން ފައިދާވާނީ ހަމައެކަނި ޞިއްޙަތަކަށް ނޫން ކަމަށާއި، އިޤުތިޞާދީ ގޮތުން ވެސް، މުޅި މުޖުތަމަޢަށް ވެސް ފައިދާކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ މީހަކު ޞިއްޙަތު ރަނގަޅުކޮށް ހުރުމަކީ އެމީހާ ވެސް، އެމީހާގެ ޢާއިލާއަށް ވެސް، އަދި މުޖުތަމަޢަށް ވެސް ފައިދާކުރާނެ ގޮތެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިހެންކަމުން، މިކަމަށް ވެސް ސަރުކާރުން އިސްނަގާފައިވަނީ ކަމަށާއި، އެގޮތުން ވަށާޖެހޭ ގޮތަށް ކަންކަން ކުރިއަށް ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު