ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރާ، މަޑިހާ ކުންފުނީގެ ފިހާރަތަކުން ފެހި އާފަލު ވިއްކާ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ.

މަޑިހާ ކުންފުނިން މާލޭގައި ތަކެތި ވިއްކަނީ އޯކިޑް މަގު، ކުރީގެ ސަލްސާ ރޯޔަލް ކައިރީގައި ހުންނަ އުފަންވެލި ޝޮޕުންނެވެ.

ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އަގު ބޮޑުވެފައިވާތީ އަގުތަށް ކޮންޓްރޯލް ކުރަން އެސްޓީއޯއިން އަސާސީ ތަކެތީގެ ގޮތުގައި މޭވާ އާއި ތަރުކާރީ އެތެރެކޮށް މިހާރު ދަނީ ވިއްކަމުންނެވެ. އެސްޓީއޯއިން އެތެރެކޮށް ވިއްކާ މޭވާގެ ތެރޭގައި އާފަލު ވެސް ހިމެނެއެވެ.

އެސްޓީއޯއިން ފެހި އާފަލު ކޭހެއް ވިއްކަމުން ގެންދަނީ 680 ރުފިޔާއަށެވެ. ނަމަވެސް އުފަންވެލި ޝޮޕުން މިހާރު ފެހި އާފަލު ކޭހެއް ވިއްކަމުން ގެންދަނީ 500 ރުފިޔާއަށެވެ.

އެހެންކަމުން މާލޭގައި މިހާރު އެންމެ ހެޔޮ އަގުގައި ފެހި އާފަލު ވިއްކާ ފިހާރައަކީ އުފަންވެލި ޝޮޕެވެ.

އުފަންވެލި ޝޮޕުން ފިޔާ، އަލުވި އަދި ބިހުގެ އިތުރުން ވެސް އެފިހާރައިން ތަރުކާރީގެ އެހެން ބާވަތްތައް ވެސް ވިއްކައެވެ. އޭގެ ތެރޭގައި ކެރެޓް، ބީންސް، ކެޕްސިކަމް، އަދި ބެލް ޕެޕާ ހިމެނެއެވެ. މިހުރިހާ ތަކެއްޗެއްވެސް އުފަންވެލި ޝޮޕުން ވިއްކަނީ ވަރަށް ބޮޑުތަނުން އަގުހެއުކޮށެވެ.

މަޑިހާ ކޮމްޕެނީއަކީ 1985 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. މާލޭގެ އިތުރުން ހުޅުމާލެއިން ވެސް މޭވާ އާއި ތަރުކާރީގެ ބާވަތްތައް ހެޔޮ އަގުގައި އެ ކުންފުނީގެ ފިހާރަތަކުން އަންނަނީ ވިއްކަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް