އައްޑޫ ސިޓީ (ފޮޓޯ: ސޯޝަލް މީޑިއާ)
އައްޑޫ ސިޓީ (ފޮޓޯ: ސޯޝަލް މީޑިއާ)
އައްޑޫ ސިޓީގެ ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ފަހުން ހަތަރު ގަޑިއިރަށް ވުރެ ގިނަ އިރުވެއްޖެއެވެ.

އައްޑޫ ސިޓީން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ މިއަދު ހެނދުނު 9:30 ގައެވެ. އަދި މެންދުރު 12:00 ހާއިރު ބައެއް ހިސާބުތަކަށް އަލުން ކަރަންޓު ލިބުނު ނަމަވެސް ފަހުން އެ ހިސާބުތަކުން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ.

އެކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނީ، އައްޑޫ ސިޓީގެ ފެނަކަ ކަސްޓަމަރ ސާރވިސް އޮފީހުގެ ގޯތިތެރޭގައި ހުރި ސްވިޗް ގިއަރ އަށް ދިމާވި މައްސަލައަކާއި ގުޅިގެން އައްޑޫގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓްގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ. އަދި މިމައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިމަސައްކަތް ނިންމާލުމަށް 2 ގަޑިއިރެއް ހާއިރު ނަގާނެ ކަމަށްވެސް ފެނަކައިން ބުނެއެވެ.



އައްޑޫ ސިޓީ ފާހަގަ ކުރެވިފައިވަނީ ދޭތެރެ ދޭތެރެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭ ސިޓީއެއްގެ ގޮތުގައެވެ. ނަމަވެސް އެ ސިޓީގައި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފެނަކައިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-7

علي وحيد

29-Sep-2020

އައި އެސް އޯ ގަބޫލުކުރާ ފެންވަރުގައި ގިނަގިނައިން ކަރަންޓު ދާނެ



ޓްރެންޑިން