ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ހިންގާ 205 މަޝްރޫއެއް ހިންގަން މާދަމާ އަމިއްލަ ކުންފުނިތަކާ ހަވާލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެެއްޖެއެވެ.
އައްޑޫ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލޭގައި ބާއްވާ ރަސްމިއްޔާތެއްގައި ރާއްޖޭގައި އެކި ކަންކޮޅުތަކުގައި 205 މަޝްރޫއެއް ހިންގަން މާދަމާ އަމިއްލަ ކުންފުނިތަކާ ހަވާލު ކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މި މަޝްރޫޢުތަކަކީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައި ހުޅުވިފައިފައިވާ ވައުދުތަކުގެ އިތުރުން، ރައްޔިތުންނާ މަޝްވަރާކޮށް ފާހަގަވެފައިވާ ކަންކަން ހައްލުކުރުމަށް ރޭވިފައިވާ މަޝްރޫޢުތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިފަދަ އެތައް ވައުދެއް ފުއްދުމަށްޓަކައި އެކި މަސައްކަތްތައް ހަވާލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވިގޮތުގައި މާދަމާ މާލޭގައި ސޮއިކުރާ 205 މަޝްރޫޢަކީ މުޅިން ވެސް ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކާ ހަވާލުކުރެވޭ މަޝްރޫޢުތަކެކެވެ. ރައީސް ވިދާޅުވީ މިއިން ކޮންމެ މަޝްރޫޢަކީ ވެސް ރާއްޖޭގެ ކޮންމެވެސް ކަންކޮޅަކަށް ވެފައިވާ ވައުދެއް ކަމަށެވެ. މީގެ ކުރިން ވެސް ޖުމުލަ 17 މަޝްރޫޢު ޕްރައިވެޓް ސެކްޓަރާ ހަވާލުކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރެއިން މި ސަރުކާރުގެ މި ދަތުރުގައި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ވަނީ ޖުމުލަ 8 މަޝްރޫޢުގައި ސޮއިކޮށްފައިވާ ކަން ރައީސް ފާހަަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މާލިއްޔަތު ގަވާއިދުގައި ބުނާ އުޞޫލުތަކުގެ ތެރެއިން، ޕްރައިވެޓް ސެކްޓަރާ ހަވާލުކުރުމުގެ އިޖުރާއަތްތަކާ އެއްގޮތަށް ސޮއިކުރުމަށް ތައްޔާރުވެފައިވާ މި މަޝްރޫޢުތައް ހިމެނެނީ ސިއްޙީ، ތަޢުލީމީ، ކުޅިވަރު، އަމާންކަން ޤާއިމުކުރުން، މަތީ ތަޢުލީމު ފަދަ އެކި ދާއިރާތަކުން ކަމަށެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، މާދަމާ ޕްރައިވެޓް ސެކްޓަރަށް ޚާއްޞަކުރެވިގެން 205 މަޝްރޫޢު ހަވާލުކުރުމުގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ. އަދި މި ސަރުކާރަކީ އިންޑަސްޓްރީތައް ކުރިއަރުވައި އިޤްތިޞާދު ފުޅާކުރުމަށް މަސައްކަތްކުރާ ސަރުކާރެއް ކަމަށާއި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް މަސައްކަތް ހަވާލުކުރާ ފަދައިން، ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކަށް ވެސް މަސައްކަތް ހަވާލުކުރަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ސަބަބުން އިޤްތިޞާދު ފުޅާވެ، އިޤްތިޞާދަށް ދިރުން ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު