ދިވެހި ކުންފުނިތަކަށް ނުދެވި ހުރި ފައިސާ ފަސް ހަފުތާ ތެރޭގައި ދޭނެ ކަމަށް ވިދާޅުވެ ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާއި ހިލާފުވެވަޑައިގެން އަނެއްކާ ވެސް އިތުރު ތާރިހެއް އެމަނިކުފާނު ދެއްވައިފިއެެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، އެ ދުވަހުން ފެށިގެން ފަސް ހަފުތާ ތެރޭ ދައްކާ ނިމޭނެ ކަމަށެވެ. އެ މުއްދަތު މިއަދުގެ ނިޔަލަށް މިހާރު ވަނީ ހަމަވެފައެވެ. އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ ޕޯސްޓުގައި ވިދާޅުވެފައިވާނީ ފަސް ހަފުތާ ވުމުގެ ކުރިން ފައިސާ ދޫކުރަން ފަށާނެ ވާހަކަ ކަމަށެވެ. އެކަން އިއްޔެ ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އިއްޔެގަ އެ މަސައްކަތް އެ ވަނީ ފަށާފަ. މިހާރު އެ ދަނީ ބިލުތަކަށް ޕޭ ކުރަމުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ފައިސާ ޖަމާވީމާ، ކުންފުނިތަކަށް އެކަން އެނގޭނެ ކަމަށެވެ. މި މަސް ނިމުމުގެ ކުރިން ނުދެއްކި ހުރި ހުރިހާ ބިލުތަކަށް ފައިސާ ދެއްކޭނެ ކަމަށް ރައީސް ވިދާޅުވިއެެވެ.
މީގެ ކުރިން ލ. ފޮނަދޫގައި ބޭއްވި ޖަލްސާ އެއްގައި ފަސް ހަފުތާގެ ތެރޭ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެެވެ. އަދި އެފައިސާ ދައްކާނީ ފައިސާ ޗާޕްނުކޮށް ކަމަށް ރައީސް ވިދާޅުވިއެެވެ. ރައީސް އޭރު ވިދާޅުވީ ކުންފުނިތަކަށް ދައްކަންޖެހޭ 2 ބިލިއަނެއްހާ ރުފިޔާ ހުރި ކަމަށެވެ.
"ހުރިހާ މަސައްކަތެއްގެ ހުރިހާ ފައިސާއެއް، ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި އަޅުގަނޑުމެން ދައްކައި ނިންމާނަމޭ. ފަސް ހަފްތާތެރޭގައި. އޭގެތެރެއިން މިހާރު ބާކީ އޮންނާނީ ކުޑަ ދުވަސްކޮޅެއް. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް މިގެންދަނީ ކުރަމުން،" ރައީސް ފޮނަދޫގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު