ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، މަސްވެރިކަމުގައި އެންދެރި އަދި ރަތް މުރަކަ ނެގުމާއި ދާއަޅައިގެން މަސްވެރިކަން ކުރުމަށް ފުރުސަތު ދިނުމަށް ގޮވާލެއްވުމާ ގުޅިގެން، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި، އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު، އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
ރާއްޖޭގައި ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން ހިމާޔަތްކޮށްފައިވާ އެންދެރި އާއި ރަތް މުރަކަ ނަގައި، އެއިން ގަހަނާ ހަދަން ފުރުސަތު ދިނުމަށާއި އެހެން ބައެއް ގައުމުތަކުގައި ކުރާ ގޮތަށް ދާ އަޅައިގެން މަސްވެރިކަން ކުރަން ވެސް ފުރުސަތު އޮންނަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެމްބަރުން ވަނީ ވިދާޅުވެފައެެވެެ. މެމްބަރުން އެގޮތަށް ގޮވާލެއްވީ ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމާ ދެކޮޅަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ދެއްކެވި ވާހަކައިގައެވެ. ނަމަވެސް، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ނާޒުކު ކަނޑުގެވެއްޓަށް ލިބިދާނެ ގެއްލުންތަކާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.
އެކަމަށް އިޝާރަތް ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިރާޤު ވިދާޅުވީ، މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި، އަދި ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން، "ތިމާވެށްޓަށް ގެއްލުން ދިނުމުގެ ވާހަކަ" ނުވަތަ "މުރަކަ ނަގައި އެކްސްޕޯޓްކުރުން" ފަދަ ދޭހަވާ ބަޔާންތަކަކީ އަޑުއަހަން އުނދަގޫ އަދި ބޮޑެތި އަސަރުތަކެއް ކޮށްފާނެ ވާހަކަތަކެއް ކަމަށެވެ. މިފަދަ ވާހަކަތަކުގެ ސަބަބުން އާންމުންގެ ތަޞައްވުރަށް ނޭދެވޭ އަސަރުކުރުމުގެ އިތުރުން، ދިވެހިރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތަށް ވެސް ގޮންޖެހުންތައް ކުރިމަތިވެދާނެކަމަށް ފިރާޤު ވަނީ ފާހަގަކުރައްވާފައެވެ.
ފިރާޤު އިތުރަށް ވިދާޅުވީ، ގައުމުގެ ލީޑަރުން އެމީހުންގެ ބަސްތަކުގެ ބަރުދަން ދެނެގަތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އެއީ، އެފަދަ ބަޔާންތައް ގައުމީ ސިޔާސަތައް ނުވަތަ ނިންމުމަކަށް ވެދާނެތީ ކަމަށް ފިރާގު ވިދާޅުވި އެވެ. ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ވެސް، ތިމާވެއްޓަށް އަޅާލާކަން ދައްކުވައިދޭ ވާހަކަތައް ދެއްކުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ ހިޔާލުތައް މަޖިލިސް މެމްބަރުންގެ ފަރާތުން ފާޅުވުމަކީ، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ހުރަސްއެޅި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ޚާއްސަކޮށް، މުރަކައަކީ ރާއްޖޭގެ ކަނޑުއަޑީގެ ފުރިހަމަކަމާއި ދިރުމަށް އެންމެ މުހިންމު އެއް ބާވަތަށް ވާއިރު، އެ އެއްޗެހި ނެގުމަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ތިމާވެށި ދިފާޢުކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު