ބިޑަކާއި ނުލައި 200 އަށް ވުރެ ގިނަ ޕްރޮޖެކްޓު އަމިއްލަ ކުންފުނިތަކަށް ބަހާލުމަކީ ދިވެހި ދައުލަތް ލޫޓުވުމުގެ ރިކޯޑެއް ކަމަށް މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިއަދު ވަނީ ބީލަމުގެ އުސޫލުން ބޭރުން 53 ކުންފުންޏަކާއެކު 206 މަޝްރޫޢު ހިންގުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި މަޝްރޫޢުތަކުގެ ޖުމްލަ އަގު 2.7 ބިލިއަން ރުފިޔާއަށް އަރައެވެ. އޭގެ ތެރެއިން 600 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޕްރޮޖެކްޓްތަށް ދީފައިވަނީ ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެމްބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވީ މިއަދަކީ ދައުލަތް ލޫޓުވުމުގެ ރިކޯޑެެއް ހެދި ދުވަހެއް ކަމަށެވެ. އަދި މިއީ ބޮޑު "ސްކޭމެއް" ކަމަށާއި އެއީ މާލިއްޔަތު ގާނޫނު އޮޅާލައިގެން ހިންގާ ބޮޑު ލޫޓުވުމެއް ކަމަށް ހުސައިން ވިދާޅުވިއެވެ.
ކުރީގެ މެމްބަރު ހުސައިން ވަނީ ރައްޔިތުންގެ ފައިސާ ހިތުހުރި ބަޔަކަށް ލައިވް ޓީވީގައި ބަހާ ހުސްކޮށްލިއިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހުރީ ކޮންތާކުތޯ ސުވާލު ކުރައްވާފައެވެ. އަދި މި ޖަރީމާގެ އެންމެހާ ބައިވެރިންގެ މައްސަލަތައް ބެލެންޖެހޭނެ ކަމަށް ވެސް ހުސައިން ވިދާޅުވިއެެވެ.
އޭނާ ވިދާޅުވީ، ބިޑަކާއި ނުލައި ދެވޭ މިފަދަ ޕްރޮޖެކްޓްތަކުގެ ތެރެއިން ބައެއް ޕްރޮޖެކްޓްތައް ދެނީ ކެމްޕޭނުތަކަށް ކަމަށެވެ. އަދި މިފަދަ ޕްރޮޖެކްޓުތަކުގެ ތެރެއިން 90 އިންސައްތަ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ނުދާނެ ކަމަށް ވެސް ހުސައިން ވިދާޅުވިއެވެ. މީގެ އިތުރުން ބޭންކު އޮފް މޯލްޑިވިސް (ބީއެމްއެލް) އިން ވެސް މި "ސްކޭމަށް" އިންވެސްޓު ކުރަމުންދާ ކަމަށް ހުސައިން ވިދާޅުވިއެވެ.ހުސައިން މުހައްމަދު ވިދާޅުވެފައިވާ ގޮތުގައި، މި ދެވިފައިވާ ޕްރޮޖެކްޓްތަކަކީ ގަވަރނަންސްގެ ހަމަތަކާއި އުސޫލުތަކާ ޚިލާފަށް ދެވިފައިވާ ޕްރޮޖެކްޓްތަކެކެވެ. ބީއެމްއެލް އިން ކޯޕަރޭޓް ގަވަރނަންސް ހިފަހައްޓާ ކަމަށް ވާނަމަ، މިފަދަ ޕްރޮޖެކްޓްތަކަށް އިންވެސްޓު ނުކުރެވޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މިއީ މާލިއްޔަތު ގާނޫނު އޮޅާލާގެން ހިންގާ ސްކޭމެއް، ބޮޑު ލޫޓުވުމެއްގެ ގޮތުގައި ހުސައިން ވަނީ ސިފަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު