މަރްޔަމް ނަހްދާ ވަޙީދު   7 ނޮވެމްބަރު 2025 - 11:10
ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުޙައްމަދު މަލީހް ޖަމާލް
ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުޙައްމަދު މަލީހް ޖަމާލް
މީޑިއާ ތަޅުއަޅުވާލީ ކީއްވެގެންކަން މިހާރު ސާފުވަމުން ދާކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން 658 މިލިއަން ރުފުޔާގެ ޕްރޮޖެކްޓުތައް ޕީއެންސީ މަޖިލިސް މެމްބަރުންގެ މަސްލަހަތު ހިމެނޭ ކުންފުނިތަކާ ހަވާލުކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި މަލީހް ވިދާޅުވީ އިއްޔެ އެކަނިވެސް ބިޑަކާ ނުލާ 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓުތައް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއީ ޑިމޮކްރެސީގައި ކަންކުރާ އުސޫލެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ސަރުކާރުން ރޯމާދުވާލު ވައްކަން ކުރާތަން މިފެންނަނީ. އޭގެ ކުރީގަ ކައުންސިލް އިދާރާ އެޅުމުގަ ހަމަ އެފަދަ ބޮޑު ޖަރީމާއެއް" މަލީހް ވިދާޅުވިއެވެ.

އެކްސްގައި ހިއްސާކުރި އިތުރު ޕޯސްޓެއްގައި މަލީހް ވިދާޅުވީ މީޑިއާތަކުގައި ތަޅު އެޅުވި ސަބަބު މިހާރު ސާފުވަމުންދާ ކަމަށެވެ.

"ބިޑަކާ ނުލާ ބަޖެޓު ދިރުވާލަނީ. ހެޔޮވާނީ ކިހިނެއް؟" މަލީހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު