ރާއްޖޭގެ ކަނޑުގެ ސަރަަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު، ބޭރުގެ ބޯޓެއް، އެމްއެންޑީއެފް އެއާކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސާވެއިލަންސެއްގައި އަތުލައިގެންފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ބޭރުގެ ބޯޓެއް ގާނޫނާހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް، އަދި ކީއްކުރަން ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު އުޅަނދެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ވަނީ އެހެން އޮޕަރޭޝަނެއްގައި ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަން ވެސް ހާމަކޮށްފައެވެ.

މި ބޯޓުތައް ހިފަހައްޓާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަނޑު ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް