އައްޑޫ ސިޓީ ހިތަދޫ ފިށިމަތި ސަރަހައްދު ހިއްކަން އުޅޭތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އައްޑޫ ފިށިމަތި ސަރަހައްދު ހިއްކައިގެން މަގު ހަދަން ސަރުކާރުން ވަނީ ނިންމާފައެވެ.
މިއީ އެ ސަރަހައްދުން ނުބައި ވަސްދުވުން ފަދަ މައްސަލަތައް ހައްލުކުރަން ހިތަދޫގެ ބައެއް ރައްޔިތުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ހިންގާ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް މި މަޝްރޫއު ހުއްޓާލުމަށް އެދި އައްޑޫގައި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ "ތިމާވެށި ޕްރޮޖެކްޓް" ނަމަކަށް ކިޔާ ޖަމިއްޔާއަކުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވާފަ އެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ފިށިމަތި ސަރަހައްދަކީ ކުދި މަހާއި ކަކުނި އަދި ޑިނގާފަދަ ދިރުންތަކުގެ ނާސަރީއެއް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ވެށި ހަލާކުކުރުމަކީ ހަމަ އެންމެ ރަނގަޅުކަމެއް ކަމަށް ދެކުމަކީ ގޯހެއް ކަމަށެވެ.
"މަގެއް މިހާރު ވެސް އޮތް ހިސާބެއްގައި ފިށިމަތި ހިއްކާނުލާ ފަރުނުޖެހިގެން އުޅެންވީ ސަބަބެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް މުއިއްޒަށް އައްޑޫގައި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ "ތިމާވެށި ޕްރޮޖެކްޓް" ކިޔާ ޖަމިއްޔާ އިން ފޮނުވި ސިޓީގައި ބުނެފައިވަނީ ފިށިމަތި ސަރަހައްދަކީ އައްޑޫގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ތަން ކަމަށްވާ ނޭޗާ ޕާކާ ވަރަށް ކައިރީގައި އަދި އެ ސަރަހައްދުގެ "ބަފާ ޒޯނެއް"ގެ ގޮތުގައި އޮތް ތަނެއް ކަމަށެވެ. އެހެންވެ އެތަން ހިއްކުމާ ސްޓޭކްހޯލްޑަރުން ދެކޮޅު ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އަދި މި މަޝްރޫއުގެ ސަބަބުން ގަވައިދާ ހިލާފަށް ކުނި ނައްތާލުމާއި ތަން ތަގައްޔަރުވުމަކީ މާ ގާތް ކަމެއް ކަމަށްވެސް އެ ސިޓީގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު