ރެކޯޑް އަދަދަކަށް މަޝްރޫޢުތައް ކުންފުނިތަކާއި ހަވާލުކުރި ނަމަވެސް ހިތާމައަކީ ހާމަކަން ބޮޑުގޮތެެއްގައި ކަންކަން ނުކުރެވޭތީ ކަމަށް އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު، ވިދާޅުވެއްޖެއެވެ.

ފިރާގު މިފަދައިން ވިދާޅުވީ، މިފަހުން ބިޑަށް ނުލައި 200 އަށް ވުރެ ގިނަ ޕްރޮޖެކްޓް ކުންފުނިތަކާއި ހަވާލުކުރުމާއި ގުޅިގެން، އެކްސް (ކުރިން ޓްވިޓަރ) މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ، ރެކޯޑް ފެންވަރުގެ މަޝްރޫއުތަކެއްގައި ސޮއިކުރެވޭކަން ހަގީގަތުގައި ވެސް ފާހަގަކުރެވޭ ކަމަށާއި، ނަމަވެސް ހިތާމައަކީ މިކަންކަން ހާމަކަން ބޮޑު ގޮތެއްގައި ނުކުރެވޭތީ ކަމަށެވެ.

"އަޅުގަނޑަށް ޔަޤީން އާންމުން އެންމެ ފަހުން މިކަމަށް ރައްދުދޭނެކަން، ގިނަ ބަޔަކަށް މިކަމުގެ ސަބަބުތަކާއި މޮޓިވްސް ވިސްނޭތީ" ފިރާގު ލިޔުއްވިއެވެ.

ފިރާޤު އިތުރަށް ވިދާޅުވީ، އޭނާ ކަހަލަ "އަނގަގަދަ މީހުން" މިކަމާއި ބެހޭގޮތުން ވާހަކަ ދައްކާނެ ކަމަށާއި، ބޭނުންވަނީ މިއަށްވުރެ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުން ކަމަށެވެ. އުސޫލުތައް ޚަރާބުވަމުންދާ މިންވަރަށް އިޝާރާތް ކުރައްވައި ފިރާގު ވިދާޅުވީ، ދާދި މިދާކަށް ދުވަހު ސަރުކާރު ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރަކު ވެސް މިކަމާއި މެދު ވަރަށް ހިތާމަ ކުރާކަން ހާމަކޮށްފައިވާ ކަމަށެވެ. މީގެއިތުރުން، ޖަވާބުދާރީވާން ޖެހޭނީ ހަމައެކަނި ލޯނު ދޫކުރާ ފަރާތްތަކަށް އެކަނި ނޫން ކަމަށް ފިރާޤު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކޮންމެ ފިޔަވަޅެއް ގާތުން ބަލަމުންދާ ބައިނަލްއަޤްވާމީ ފަރާތްތަށް ވެސް ތިބިކަން ދަންނަންޖެހޭ ކަމަށް ފިރާޤު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް