މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
މީހުންގެ ހިޔަނީގައި އެމީހަކު ބުނިހާ ގޮތެއް ހެދިގެން އުޅުމަކީ އަޅުވެތިވުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

މިއަަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކުޑޫ ވަނީ މީހުންނަށް 'ސަނާ' ކިޔުމުގެ ބަދަލުގައި، އަމިއްލަ ސިކުނޑިން ވިސްނައިގެން ރަނގަޅުގޮތަކީ ކޮބައިތޯ ދެނެގަންނާކަށް ނުވޭބާވައޭ ވިދާޅުވެ ސުވާލުކުރައްވާފައެވެ.

އަދި މީހުންގެ ހިޔަނީގައި، އެމީހުންދޭ ވަޒީފާގައި، މީހަކު ބުނިހާގޮތެއް ހެދިގެން އުޅުމަކީ އަޅުވެތިކަން ނޫން ދެން އެހެން ކޮންކަމެއްތޯ ވިދާޅުވެވެސް ކުޑޫ ވަނީ ސުވާލުކުރައްވާފައެވެ.

ކުޑޫ މި ސުވާލުތައް ކުރައްވާފައި މިވަނީ ސަރުކާރުން ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުގެ ތެރެއިން 658.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު، ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކުންފުނިތަކާ ހަވާލުކޮށްފައި ވާކަން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.

މިއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ސިފަކޮށް، އިދިކޮޅު ފަރާތްތަކުންނާއި، ގިނަ އަދަދެއްގެ އާންމުންވެސް ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވިނަމަވެސް، ސަރުކާރުގެ އިދާރާތަކުންނާއި، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ މިއީ ރައްޔިތުންނަށް މަންފާ ކުރާނެ ކަމެއްގެ ގޮތުގައި ބުނެ މިކަން ދިފާއު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު